2020 ވަނަ އަހަރުވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ މަދޫރޯ އާއި ވެނެޒުއެލާގެ 14 އޮފިޝަލެއްގެ މައްޗަށް މަސްތުވާތަކެއްޗާއި ކޮރަޕްޝަންގެ ދައުވާ އުފުލައިފައެވެ. އަދި މަދޫރޯގެ މައްޗަށް ކުށް ސާބިތުވާނެ ފަދަ މައުލޫމާތެއް ހޯދައިދޭ ފަރާތަކަށް 15 މިލިއަން ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅާފައިވެއެވެ.
އެމެރިކާގެ އެ އަމަލާ ގުޅިގެން ވެނެޒުއޭލާގެ ރައީސް މަޑޫރޯ ބުނެފައިވަނީ އެމެރިކާގެ އެ އަމަލަކީ ފޭރުމުގެ އަމަލެއް ކަމަށާއި، އެއީ އެމެރިކާއިން ހިންގަމުންގެންދާ ޖަރީމާތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.ވެނެޒުއޭލާގެ ރައީސްގެ މަތިންދާ ބޯޓު އެމެރިކާއިން ހިފަހައްޓައި

ވެނެޒުއޭލާގެ ރައީސްގެ މަތިންދާ ބޯޓު އެމެރިކާއިން ހިފަހައްޓައި
ލިޔުން:
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ޕްރައިވެޓް ޖެޓް އެމެރިކާއިން ހިފަހައްޓައިފިއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ ރައީސް މަޑޫރޯ ގެ ޕްރައިވެޓް ޖެޓް ޑަސޯލްޓް ފެލްކަން 900އެކްސް މަރުކާގެ މަތިންދާ ބޯޓު ޑޮމެނިކަން ރިޕަބްލިކުން ހިފެހެއްޓުމަށްފަހު އެމެރިކާގެ ފްލޮރިޑާގެ އަށް މިހާރު ގެނެސްފައިވާކަމަށާއި، އެ ޖެޓް އެމެރިކާއަށް ގެނައީ އެ ޖެޓް ގައި އެމެރިކާގެ ގާނުނުތަކާ ހިލާފަށް ސްމަގުލްކުރުމާއި އަދި އެ މަޑޫރޯ އެ ޖެޓް ގަނެފައިވަނީ އުސޫލުތަކުން ބޭރުން ކަރަޕްޝަނުގެ ފައިސާއިން ކަމަށްބުނެއެވެ.
އަދި 13 މިލިން ޑޮލަރުގެ އެ ޖެޓް ހިފެއްޓި އެއް ސަބަބަކީ ވެނެޒުއޭލާގައި ހިނގަމުންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކޮރަޕްޝަންގެ އަމަލުތަކަށް މަޑޫރޯގެ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވެސް އެމެރިކާގެ ޖަސްޓިން ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
