މާލެ: 31°C

އުތުރު އިންޑިއާގައި ގަދަ ހޫނާއެކު 89 މަރު

June 19, 2023
2 ފަހަރު ބަލާފައި
އުތުރު އިންޑިއާގައި ގަދަ ހޫނާއެކު 89 މަރު
އުތުރު އިންޑިއާގައި ގަދަ ހޫނާއެކު 89 މަރު
އިންޑިއާގެ އުއްތަރަ ޕްރަދޭޝް އާއި ބިހާރު ސްޓޭޓްތަކަށް ހޫނުގަދަވުމުގެ ސަބަބުން 98 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އުއްތަރު ޕްރަދޭޝްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 54 މީހުން މަރުވެފައިވާއިރު ބިހާރު ސްޓޭޓުން 44 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮފިޝަލަކު ވިދާޅުވި ގޮތުގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި އުއްތަރު ޕްރަދޭޝްގެ ބަލިއާގެ ޑިސްޓްރިކްޓް ހޮސްޕިޓަލެއްގައި ހުން އައުމާއި ނޭވާލާން އުނދަގޫވުމާއި އެހެނިހެން ސިއްހީ މައްސަލަތަކަކާ ގުޅިގެން 400 އެއްހާ މީހުން އެޑްމިޓްކުރި ކަމަށެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ހޮނިހިރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އުއްތަރަ ޕްރަދޭޝް އާއި ބިހާރުގެ އިތުރުން އެ ގައުމުގެ އެހެން ބައެއް ސްޓޭޓްތަކުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. "ކުރިއަށް އޮތް ތިން ހަތަރު ދުވަހު ވެސް އިންޑިއާގެ އިރުމަތީ، އިރުމަތީ މެދު އަދި އިރުމަތީ ޕެނިންސުލާއަށް ހޫނު ގަދަވުން އެކަށީގެންވޭ،" ރިޕޯޓުގައި ވެއެވެ. ޗީފް މެޑިކަލް އޮފިސަރު (ސީއެމްއޯ) ޑރ ޖަޔަންތު ކުމާރު ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 60 އަހަރުން މަތީގެ މީހުން ކަމަށެވެ. ކުމާރު ވިދާޅުވީ މަރުވި އެންމެންނަކީ ވެސް ކުރިން ވެސް ސިއްހީ ހާލަތު ހުރި މީހުން ކަމަށާއި ހޫނުގަދަވުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. މަރުވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހާޓް އެޓޭކާއި ބްރެއިން ސްޓްރޯކް ޖެހުން ހިމެނެއެވެ. ޑިސްޓްރިކްޓް ހޮސްޕިޓަލްގެ ޗީފް މެޑިކަލް ސުޕްރިންޓެންޑެންޓް (ސީއެމްއެސް) ދިވާކަރް ސިންގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުންނާއި މުވައްޒަފުންނަށް ވެސް ހީޓް ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ