އެމެރިކާގައި އުފަން ދުވަހުގެ ޕާޓީއަކަށް ބަޑި ޖަހާ ހަތަރު މީހަކު މަރާލައިފި

އެމެރިކާގައި އުފަން ދުވަހުގެ ޕާޓީއަކަށް ބަޑި ޖަހާ ހަތަރު މީހަކު މަރާލައިފި
ލިޔުން:
އެމެރިކާގެ އަލަބާމާގެ ސިޓީއެއް ކަމަށްވާ ޑޭޑެވިލްގައި ބޭއްވި 16 ވަނަ އުފަން ދުވަހުގެ ޕާޓީއެއްގެ ތެރެއަށް ބަޑި ޖަހައި ހަތަރު މީހަކު މަރާލައިފިއެވެ.
އެ ހާދިސާގައި 28 މީހަކު ވަނީ ޒަހަމްވެފައެވެ. މަރުވި މީހުން ތެރެއިން އެކަކީ ހައި ސްކޫލްގެ ސީނިއާ އަދި އެތުލީޓެއް ކަމަށްވާ ފިލް ޑައުޑެލްއެވެ. އެ ހާދިސާއާ ގުޅިގެން ރައީސް ޖޯ ބައިޑަން ވަނީ ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ހަތިޔާރުގެ ގާނޫނުތައް ހަރުކަށި ކުރުމަށް ގޮވާލައްވާފައެވެ.
ގަން ވަޔަލެންސް އާކައިވް އިން ބުނި ގޮތުގައި އަހަރުގެ މިހާތަނަށް އެމެރިކާގައި 160 އަށް ވުރެ ގިނަ ބަޑި ޖެހުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ގާތްގަނޑަކަށް 3،200 މީހުންގެ އާބާދީއެއް އޮންނަ ޑޭޑެވިލް އަކީ މިފަދަ ހަމަނުޖެހުންތަކަށް އާއްމުކޮށް ނުހިނގާ ކުޑަ ސިޓީއެކެވެ.
ސާޖަންޓް ޖެރެމީ ބުރްކެޓް ވިދާޅުވީ، ބަޑީގެ ހަމަލާގެ ތަހުގީގަކީ "ދިގު، ކޮމްޕްލިކޭޓެޑް ޕްރޮސެސްއަކަށް ވާނެ" ކަމަށެވެ. އަދި އަނިޔާ ލިބުނު މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެ މަންޒަރު ވަރަށް ރަނގަޅަށް ދިރާސާކޮށް މައުލޫމާތުތައް އެއްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސާޖަންޓް ވިދާޅުވި ގޮތުގައި މި ހާދިސާގައި ޒަހަމްވި މީހުންނަށް ލިބިފައި ވަނީ "ވަރަށް ކްރިޓިކަލް" އަނިޔާތަކެއް ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ޒުވާން އުމުރުގެ ކުދިން ކަމަށް ބެލެވޭ އިރު، ބަޑި ޖެހިތާ 12 ގަޑިއިރު ފަހުން ވެސް ބައެއް ބެލެނިވެރިން ދަނީ އެ މީހުންގެ ދަރިންނާ ބެހޭ މައުލޫމާތު ހޯދަމުންނެވެ.
އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
