މާލެ: 31°C

އެމެރިކާއިން 400 މިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރޭނަށް

July 25, 2023
2 ފަހަރު ބަލާފައި
އެމެރިކާއިން 400 މިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރޭނަށް
އެމެރިކާއިން 400 މިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރޭނަށް
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔޫކްރެއިންއަށް އިތުރު 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޮނުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އޭގެ ތެރޭގައި ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކަށް ބޭނުންވާ ތަފާތު ހަތިޔާރުތަކާއި ކުދި އަދި ސަވައިލަންސް ހޯނެޓް ޑްރޯންތަކެއް ހިމެނޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ. މި ޕެކޭޖުގައި ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާސް) އާއި ނޭޝަނަލް އެޑްވާންސްޑް ސާފޭސް ޓު އެއާ މިސައިލް ސިސްޓަމް (ނާސާއެމްއެސް) އަށް ބޭނުންވާ މިސައިލްތަކުން ފެށިގެން ސްޓިންގާސް އާއި ޖެވެލިންސް ފަދަ ހަތިޔާރުތައްވެސް ހިމެނެ އެވެ. މި ހަތިޔާރުތައް ފޯރުކޮށްދެނީ ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީ މެދުވެރިކޮށް ކަމަށާއި އޭގެ ސަބަބުން ޕެންޓަގަންއަށް އަމިއްލަ ސްޓޮކުން ތަކެތި އަވަހަށް ނަގައި، ދުވަސްކޮޅެއްގެ ތެރޭގައި ޔޫކްރެއިންއަށް ޑެލިވަރީ ކުރެވޭނެއެވެ އޮފިޝަލުން ވިދާޅުވީ އެމެރިކާއިން ދަނީ ހޮވިޓްޒާ އާޓިލަރީ ރައުންޑާއި 32 ސްޓްރައިކާ އާމަޑް ވެހިކަލްގެ އިތުރުން ޑިމޮލިޝަން އިކުއިޕްމަންޓާއި މޯޓާއާއި ހައިޑްރާ-70 ރޮކެޓާއި 28 މިލިއަން ރައުންޑް ކުދި ހަތިޔާރު ވެސް ފޮނުވަމުން ކަމަށެވެ. ހޯނެޓްސް އަކީ އިންޓެލިޖެންސް އެއްކުރުމަށް ގިނައިން ބޭނުންކުރާ ކުދި ކުދި ނެނޯ ޑްރޯންތަކެކެވެ. ޔޫކްރެއިންއިން ވަނީ މީގެ ކުރިން ވެސް ހުޅަނގުގެ އެހެން ބައިވެރިންގެ އަތުން އެ ތަކެތި ހޯދާފައެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތް ފަހުން ޖުމްލަގޮތެއްގައި އެމެރިކާއިން ވަނީ 41 ބިލިއަން ޑޮލަރަށްވުރެ ގިނަ އަސްކަރީ އެހީތެރިކަން ޔޫކްރެއިންއަށް ފޯރުކޮށްދީފައެވެ. ހަތިޔާރުގެ އެންމެ ފަހުގެ ޕެކޭޖް ދޭން ނިންމާފައި މިވަނީ ޔޫކްރެއިންގެ ޑްރޯނަކުން ރަޝިޔާގެ ބާރުގެ ދަށުގައި ވާ ކްރައިމިއާގެ އެމިއުނިޝަން ޑިޕޯއަކަށް ހަމަލާދީ، ޔޫކްރޭނުން ޑްރޯން ހަމަލާއެއް ދިން ކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ޑްރޯން ވެއްޓުނީ ޑިފެންސް މިނިސްޓްރީގެ އުސް އިމާރާތާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ސިޓީ ސެންޓަރު ކައިރީއަށެވެ. މި ހަމަލާގެ ޒިންމާ ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން އަދި އުފުލާފައި ނުވާއިރު، މިއީ މި މަހު ރަޝިއާގެ ވެރިރަށަށް ދިން ދެވަނަ ޑްރޯން ހަމަލާއެވެ. ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ޔޫކްރެއިންގެ ދެކުނުގެ ބަނދަރުގެ އިންފްރާސްޓްރަކްޗާއަށް ޑްރޯން ގޮއްވާލައިގެން އާ ހަމަލާތަކެއް ދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ