މާލެ: 31°C

އެމެރިކާ އާއި އީރާނުގެ އޮފިޝަލުން މޭ މަހު ބައްދަލުކުރި: ރިޕޯޓް

June 15, 2023
2 ފަހަރު ބަލާފައި
އެމެރިކާ އާއި އީރާނުގެ އޮފިޝަލުން މޭ މަހު ބައްދަލުކުރި: ރިޕޯޓް
އެމެރިކާ އާއި އީރާނުގެ އޮފިޝަލުން މޭ މަހު ބައްދަލުކުރި: ރިޕޯޓް
ނިއުކްލިއާ ޕްރޮގްރާމާއި އެކަމާ ގުޅުން ހުރި އެހެނިހެން ކަންކަމާ ގުޅޭގޮތުން މޭމަހު، އީރާނާ އެމެރިކާއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް އިން ތިން މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން އޮމާންގައި ބޭއްވި މަޝްވަރާތަކުގައ އެމެރިކާގެ ފަރާތުން ބައިވެރިވީ ވައިޓް ހައުސްގެ މެދުއިރުމަތީގެ ކޯޑިނޭޓަރު ބްރެޓް މެކްގާކްއެވެ. އީރާނުގެ ފަރާތުން ނިއުކްލިއާ މަޝްވަރާވެރިޔާ އަލީ ބަގެރީ ކާން ބައިވެރިވި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އެކްސިއޯސް ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްވަރާގައި ބައިވެރިވި އޮމާންގެ އޮފިޝަލުންނަކީ ވަކި ތަންތަނުގައި ތިއްބެވި އެމެރިކާ އާއި އީރާނުގެ ޑިޕްލޮމެޓުންގެ މެދުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނެވެ. އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އޮމާނުގެ "މަސްކަޓް މަޝްވަރާތައް ސިއްރު ނޫން" ކަމަށެވެ.  އޮމާން މެދުވެރިކޮށް ދެ ފަރާތުގެ މެދުގައި މެސެޖުތައް ބަދަލުކޮށްފައިވާކަން ކަނާނީ ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުން ފިޔަވައި ވަކި އިންތިގާލީ އެއްބަސްވުމެއް އެކުލަވާލުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެއްބަސްވުމަށް ހީނަރުކަމެއް އައީ އޭގެ ތިން އަހަރު ފަހުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އެއްބަސްވުމުން ވަކިވެވަޑައިގަތުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ