މާލެ: 31°C

އދ ގެ ބައެއް މުއައްސަސާތަކުން ވަކިވަން ޓްރަމްޕް ނިންމަވައިފި

February 5, 2025
228 ފަހަރު ބަލާފައި
އދ ގެ ބައެއް މުއައްސަސާތަކުން ވަކިވަން ޓްރަމްޕް ނިންމަވައިފި
އދ.ގެ ބައެއް މުއައްސަސާތަކުން އެމެރިކާ ވަކިވުމަށް އެގްޒެކެޓިވް އަމުރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި އެވެ.

އދ.ގެ ބައެއް މުއައްސަސާތަކުން އެމެރިކާ ވަކިވުމަށް އެގްޒެކެޓިވް އަމުރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި އެވެ.

ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރްސީ) ފަދަ އދ.ގެ ޖަމިއްޔާތަކުން އެމެރިކާ ވަކިމުމަށާއި، އެ ޖަމިއްޔާ ތަކަށް ދޭ ފައިސާ މުރާޖައާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންގާރަ ދުވަހު (ފެބްރުއަރީ 4) އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އދ.ގެ ރިލީފް އެޖެންސީ ފޯ ފަލަސްތީން (ޔޫއެންއާރްޑަބްލިއުއޭ) އިން އެމެރިކާ ވަކިވުމަށް ވެސް އަންގަވާފަ އެވެ.

އަދި އދ.ގެ އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގައި އެމެރިކާގެބައިވެރިވުން މުރާޖައާ ކުރަންވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ނިންމާފައެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު ވެސް ޓްރަމްޕް ވަނީ ޔޫއެންއެޗްއާރުސީ އިން އެމެރިކާ ވަކިވެފައެވެ. ނަމަވެސް ކުރީގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 2021 ވަނަ އަހަރު އަލުން އެ މުއައްސަސާގެ މެމްބަރަކަށް އެމެރިކާ ވަނީ ވެފައެވެ.

ވައިޓް ހައުސްގެ ސްޓާފް ސެކްރެޓަރީ ވިލް ޝާފް ތުހުމަތު ކުރެއްވި ގޮތުގައި އދ.ގެ މުވައްސަސާތަކުގެ ތެރޭގައި "އެމެރިކާއާ ދެކޮޅު ފިކުރެއް" އޮވެ އެވެ. އެހެންކަމުން ވިލް ސާފް ވިދާޅުވީ އެގްޒެކެޓިވް އޯޑަރުގައި ގޮވާލާފައި ވަނީ އެކި ގައުމުތަކުގެ މެދުގައި ހުރި ބޮޑެތި ތަފާތުތަކާއި ފަންޑިންގެ މިންވަރަށް ރިއާޔަތްކޮށް އދ ގެ މުވައްސަސާތަކުގައި އެމެރިކާގެ ބައިވެރިވާ މިންވަރާއި، އެމެރިކާއިން ފަންޑު ކުރާ މިންވަރު މުރާޖައާ ކުރުމަށެވެ.

ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ ގުޓަރޭޒް ގިނަ އިސްލާހުތަކެއް ތަންފީޒު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އދ ގެ އެފިޝަންސީ އާއި އިނޮވޭޝަން އިތުރުކުރުމަށްޓަކައިވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.

އަދި އދ އަށް އެމެރިކާއިން ދިން އެއްބާރުލުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވެ، ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަރާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އުއްމީދު ކުރައްވަނީ އދ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ޓްރަމްޕާއި އެމެރިކާ ސަރުކާރާ އެކު އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ