މާލެ: 31°C

އދ ގައި ހިންދީ ބަސް ކުރިއަރުވަން އިންޑިއާއިން އެއް މިލިއަން ޑޮލަރުގެ ހަދިޔާކޮށްފި

July 19, 2023
2 ފަހަރު ބަލާފައި
އދ ގައި ހިންދީ ބަސް ކުރިއަރުވަން އިންޑިއާއިން އެއް މިލިއަން ޑޮލަރުގެ ހަދިޔާކޮށްފި
އދ ގައި ހިންދީ ބަސް ކުރިއަރުވަން އިންޑިއާއިން އެއް މިލިއަން ޑޮލަރުގެ ހަދިޔާކޮށްފި
ދުނިޔޭގެ އާބާދީ އެންމެ ބޮޑު ގައުމު އިންޑިއާގެ ގައުމީ ބަސް، ހިންދީ ބަސް އދ ގައި ބޭނުންކުރުމަށާއި ބަސް ކުރިއަރުވަން އދ އަށް 1 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.، "އިންކްލޫސިވް" ޑައިލޮގްއަށް ހިތްވަރުދީ، ހިންދީ ބަހާމެދު އިތުރަށް ވިސްނުމަށް ބާރުއެޅުންވެސް މި ފައިސާ ހަދިޔާކުރުމުގެ މަގްސަދުގެ ތެރޭގައި ހިމެނެއެވެ. އެއް މިލިއަން ޑޮލަރުގެ ޗެކް ޔުނައިޓެޑް ނޭޝަންސް ޑިޕާޓްމަންޓް އޮފް ގްލޯބަލް ކޮމިއުނިކޭޝަންސްގެ އަންޑަ ސެކްރެޓަރީ ޖެނެރަލް މެލިސާ ފްލެމިންއާ ހަވާލުކޮށްދެއްވީ އިންޑިއާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ރުޗިރާ ކަމްބޯޖްއެވެ. ރުޗިރާ ވިދާޅުވީ އދ. ގައި ހިންދީ ބަހުން ހަބަރާއި މަލްޓިމީޑިއާ ކޮންޓެންޓް މެއިންސްޓްރީމް ކުރުމަކީ އިންޑިއާ އާއި ހިންދީ ބަހުން ވާހަކަ ދައްކާ އާބާދީ ދިރިއުޅޭ ގައުމުތަކުގައި ވަރަށް ބޮޑަށް ތައުރީފު ކުރަމުންދާ ކަމެއް ކަމަށެވެ. އަދި އދ.ގައި ހިންދީ ބަސް ބޭނުންކުރުމަށް އިންޑިއާ ސަރުކާރުން އަބަދުވެސް ބަރުއަޅާ އެކަމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ. "އިންޑިއާ ސަރުކާރުން އދގައި ހިންދީ ބަސް ބޭނުންކުރުމަށް ބާރުއަޅަމުން ގެންދާނެ، އެކަމަށްޓަކައި އދ.އާ ގުޅިގެން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ސަފީރު ވިދާޅުވިއެވެ. އިންޑިއާގެ ދާއިމީ މިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ފައިސާ އދ އަށް ދީފައިވަނީ "އދގައި ހިންދީ ބަސް ބޭނުންކުރުން ފުޅާކުރުމަށް" ކަމަށެވެ. އދ.ގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް އިންފޮމޭޝަންއާއި ގުޅިގެން ފެށި "ހިންދީ އެޓް ޔޫއެން" ޕްރޮޖެކްޓަކީ ހިންދީ ބަހުން އދ.ގެ ޢާންމު ވިސްނުން އިތުރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ފެށި ޕްރޮޖެކްޓެކެވެ. ޓްވިޓާގައި މިހާރު 50،000 ފޮލޯވަރުން، އިންސްޓަގްރާމްގައި 29،000 އަދި ފޭސްބުކްގައި 15،000 ފޮލޯވަރުން ތިބި އދ.ގެ ހިންދީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 1،000 ޕޯސްޓް ޝާއިއު ކުރެއެވެ. އަހަރަކު 1.3 މިލިއަން އިމްޕްރެޝަން ހިމެނޭ ހިންދީ ޔޫއެން ނިއުސް ވެބްސައިޓް އަދިވެސް އޮތީ އިންޓަނެޓް ސާޗް އިންޖީނުތަކުގެ ގަދަ ދިހައެއްގައި ކަމަށް ނޫސް ބަޔާނުގައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ