މާލެ: 31°C

އުމްރާއަށް ދާ އިރު 16،000 ޑޮލަރަށް ވުރެ އިތުރަށް ނަގުދު ފައިސާ ނުގެންދަން އެދިއްޖެ

April 2, 2023
2 ފަހަރު ބަލާފައި
އުމްރާއަށް ދާ އިރު 16،000 ޑޮލަރަށް ވުރެ އިތުރަށް ނަގުދު ފައިސާ ނުގެންދަން އެދިއްޖެ
އުމްރާއަށް ދާ އިރު 16،000 ޑޮލަރަށް ވުރެ އިތުރަށް ނަގުދު ފައިސާ ނުގެންދަން އެދިއްޖެ
އުމްރާގެ އަޅުކަން އަދާކުރަން ސައުދިއަރަބިޔާއަށްދާ އުމްރާވެރިން ގިނަ އަދަދެއްގެ ފައިސާ ނުވަތަ އަގުބޮޑު ތަކެތި ނުގެންގުޅުމަށް އިލްތިމާސްކޮށްފިއެވެ. ހައްޖު އެންޑް އުމްރާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އުމްރާއަށްދާ މީހުން، ރަނާއި އަގުބޮޑު އެހެނިގެން ތަކެތި ނުގެންގުޅެން އިލްތިމާސް ކުރާ ކަމަށެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 16،000 ޑޮލަރު ނުވަތަ (60،000 ސައުދީ ރިޔާލަ) އަށް ވުރެ ގިނަ ފައިސާ ނުގެންދެން ވެސް އެ މިނިސްޓްރީން އިލްތިމާސް ކުރި އެވެ. މާލީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރަސްމީ ވަސީލަތްތަކުން ބޭންކް އެޕްލިކޭޝަންތައް ޑައުންލޯޑް ކުރުމަށާއި، ބޭންކް އެކައުންޓުގެ ތަފްސީލް ހިއްސާ ނުކުރުމަށާއި، ނުދަންނަ ފަރާތްތަކަކަށް ފައިސާ ޓްރާންސްފާ ނުކުރަން ވެސް ސައުދީ ހައްޖު މިނިސްޓްރީގެ އިލްތިމާސްގައި ވެ އެވެ. ނުދަންނަ ވަސީލަތްތަކުން ލިބޭ ޓެކްސްޓް މެސެޖްތަކަށް ސަމާލުވުމަށާއި މަކަރާއި ހީލަތް ހެދުމުގެ ޝައްކު ކުރެވޭ ހާދިސާއެއް ހިނގައިފިނަމަ އެކަން މިނިސްޓްރީއަށް ނުވަތަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން އެދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ސައުދީ ހައްޖު މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި ރަމަޟާން މަހު އެކަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނީ އެއް ފަހަރު އެވެ. އެއީ މީހުން އެއްވެ އުޅުން މަދުކޮށް، އެ އަޅުކަން ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް ހައްޖު މިނިސްޓްރީން ބުންޏެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ނުސުކް އެޕް މެދުވެރިކޮށް ހައްޖަށް ދިއުމަށް އެދި ހުށަހެޅޭނެ ކަމަށާއި އޭގެ ތެރޭގައި އީވިސާ އެޕްލިކޭޝަންތަކާއި އެކޮމޮޑޭޝަން ބުކިން އަދި ފްލައިޓްގެ އިންތިޒާމުތައް ވެސް ހިމެނޭ ގޮތަށް މުޅި ދަތުރު އިންތިޒާމު ހަމަޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ