މާލެ: 31°C

ޔޫކްރެއިންގެ ދެ ސިޓީއަކަށް ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް!

January 31, 2023
2 ފަހަރު ބަލާފައި
ޔޫކްރެއިންގެ ދެ ސިޓީއަކަށް ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް!
ޔޫކްރެއިންގެ ދެ ސިޓީއަކަށް ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް!
ރަޝިޔާއިން ޔޫކްރެއިންގެ ދެ ސިޓީއަކަށް ދިން ހަމަލާތަކެއްގައި ހަތަރު މީހަކު މަރުވެއްޖެއެވެ. ހަރްކިވްއަށް ސިޓީއަށް ވައިގެ މަގުން ދިން ހަމަލާއެއްގައި އެކަކު މަރުވިއިރު ކެރްސަން ސިޓީއަށް ދިން ހަމަލާއެއްގައި ތިން މީހަކު ވަނީ މަރުވެފައެވެ. ޔޫކްރެއިން ރައީސް ޒެލެންސްކީ އާދިއްތަ ދުވަހު ވިދާޅުވީ، ރަޝިޔާގެ އަސްކަރިއްޔާއިން މުޅި ދުވަހު ކެރްސަންއަށް ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށެވެ. "ދެ އަންހެނަކާއި ނަރުހުންނަށް އަނިޔާވި. އަދި މިހާތަނަށް ހަ މީހަކު ޒަހަމްވެ ތިން މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވޭ" ރަޝިޔާގެ އަސްކަރިއްޔާގެ ފައުޖުތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކެރްސަން ސިޓީން ފޭބި ފަހުން އެ ސަރަހައްދު އޮތީ ވަރަށް ހަމަހިމޭންކޮށެވެ. މި ސަރަޙައްދަކީ ރަޝިޔާއިން މިދިޔަ އަހަރު ހިފާފައިވާ ކަމަށް ބުނާ ދެކުނު އަދި އިރުމަތީގެ ހަތަރު ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. ހާކިވް ސިޓީއަށް ހަމަލާ އަމާޒުވި ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އިމާރާތެއްގެ ބައެއްގައި އަލިފާން ރޯވިއެވެ. ހަމަލާދީފައިވަނީ އެ ސިޓީގެ ސެންޓްރަލް ކީވް ޑިސްޓްރިކްޓްކްއަށެވެ. "ތިން މީހަކަށް ކުދި ކުދި އަނިޔާވި. ހިތާމައަކީ އުމުރުން ދުވަސްވީ އަންހެނަކު މަރުވުން" ޓެލެގްރާމްގައި އެ ސަރަަހައްދުގެ ރީޖަނަލް އެޑްވައިޒަރު ސިނިހުބޯވް ސުސްޕީލްނޭ ވިދާޅުވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ