ޔޫކްރޭނަށް ޓޭންކުތައް ފޮނުވަން ޖަރުމަނާއި އެމެރިކާއިން އެއްބަސްވެއްޖެ

ޔޫކްރޭނަށް ޓޭންކުތައް ފޮނުވަން ޖަރުމަނާއި އެމެރިކާއިން އެއްބަސްވެއްޖެ
ލިޔުން:
ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކޮށް ސިފައިން ބާލުވަން ބަރު ހަތިޔާރު ބޭނުންވާކަމަށް ބުނެ ޔޫކްރޭނުން ޖަރުމަނަށް ކުރި ޕްރެޝަރަށް އިޖާބާދީ ލެފާޑްގެ ދެ ޓޭންކު ފޯރުކޮށްދޭން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.
ޖަރުމަނުން ޔޫކްރޭނަށް ޓޭންކު ފޯރުކޮށްދޭނެ ކަމުގެ ހަބަރު ފެތުރިފައި މިވަނީ އެމެރިކާގެ "އެމް1" އަބްރަމްސްގެ ޓޭންކްތަކެއް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށް އެމެރިކާއިންވެސް ބުނެފައި ވަނިކޮށެވެ.
އެމެރިކާ ސަރުކާރުގެ މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި އަބްރަމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ވައިޓް ހައުސްގައި އިއުލާނެއް ކުރާނެއެވެ. ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން މީހަކު ބުނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެމެރިކާގެ ގާތްގަނޑަކަށް 30 ވަރަކަށް އަބްރަމް ފޮނުވާނެ ކަމަށެވެ.
ޖަރުމަނުގެ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޮލެންޑާއި ފިންލޭންޑް ފަދަ އެހެން ގައުމުތަކުން ވެސް ޖަރުމަނުގައި އުފައްދާފައިވާ ޓޭންކްތަކުގެ ސްޓޮކް އަލުން ޔޫކްރެއިންއަށް އެކްސްޕޯޓް ކުރުމުގެ ލައިސަންސް ދީފައިވާ ކަމަށެވެ. ޖަރުމަނުން އަސްކަރީ ހަތިޔާރު ގަންނަ ގައުމުތަކުން އާންމުގޮތެއްގައި އެ ހަތިޔާރު އެހެން ގައުމަކަށް ފޮނުވާނަމަ ޖަރުމަނުގެ ހުއްދަ ހޯދަން ޖެހެއެވެ.
ޔުކްރެއިނަށް ޓޭންކު ދިނުމަށް ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޯލްޒް އެއްބަސްވިކަމުގެ ހަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި "ސްޕީގަލް" މީޑިއާއިން ބުނީ ޖަރުމަނުގެ އަސްކަރިއްޔާގެ ސްޓޮކްތަކުގެ ތެރެއިން މަދުވެގެން އެއް ކުންފުންޏެއް ކަމަށްވާ ބުންޑެސްވެއާގެ ސްޓޮކްގެ ތެރެއިން ލެޕާޑް 2އޭ6 ޓޭންކްގެ މަދުވެގެން އެއް ކުންފުންޏަށް ޖަރުމަނުން ފޯރުކޮށްދޭނެ ކަމަށެވެ.
ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ، އެމެރިކާއިން ޓޭންކްތައް ފޯރުކޮށްދިނުމަކީ މޮސްކޯއާ ދެކޮޅަށް އަނެއްކާވެސް ހަރުކަށި ފިކުރު ގެނައުން ކަމަށެވެ.
އެމްބަސީގެ ޓެލެގްރާމް މެސެޖިން އެޕްލިކޭޝަންގައި ބުދަ ދުވަހު ޝާއިއުކުރި ބަޔާނެއްގައި ސަފީރު އެނަޓޮލީ އެންޓޮނޯވް ވިދާޅުވީ އެމެރިކާއިން މަސައްކަތް ކުރަނީ ސްޓްރެޓެޖިކް ނާކާމިޔާބީއެއް ދޭންކަން ވަރަށް ސާފު ކަމަށެވެ.
"އެމެރިކާއިން ޓޭންކުތައް ސަޕްލައި ކުރަން ނިންމައިފިނަމަ، ޑިފެންސިވް ހަތިޔާރު އާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާއެކު މިފަދަ ފިޔަވަޅެއް ޖަސްޓިފައި ކުރުމަކީ ޔަގީނުން ވެސް ކުރާނެ ކަމެއް ނޫން އަދި މިއީ ރަޝިއާ ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިތްވަރު ދިނުން" އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
