މާލެ: 31°C

ޔޫކްރެއިން ގައި ހިނގަމުންދާ ހަނގުރާމާގައި ރަޝިޔާގެ 20،000 މީހުން މަރުވެފައިވޭ

May 2, 2023
2 ފަހަރު ބަލާފައި
ޔޫކްރެއިން ގައި ހިނގަމުންދާ ހަނގުރާމާގައި ރަޝިޔާގެ 20،000 މީހުން މަރުވެފައިވޭ
ޔޫކްރެއިން ގައި ހިނގަމުންދާ ހަނގުރާމާގައި ރަޝިޔާގެ 20،000 މީހުން މަރުވެފައިވޭ
މިދިޔަ އަހަރު ޑިސެމްބަރުން ފެށިގެން ޔޫކްރެއިންގެ ޑޮނެސްކް ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރަޝިޔާގެ 100،000 އެއްހާ މީހުން ޒަހަމްވެ އޭގެ ތެރެއިން 20،000 އެއްހާ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ބުނެފިއެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫކްރެއިންގެ ޑޮނެސްކް ސަރަހައްދުގައި މިހާރު ހިނގަމުންދާ އެ އަންދާޒާ އަކީ އެމެރިކާއިން އަލަށް "ޑިކްލެސިފައިކުރި" އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަންދާޒާ އެއް ކަމަށެވެ. ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ އިއްޔެ ވިދާޅުވީ މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ޕްރައިވެޓް ވެގްނާ ގްރޫޕްގެ ކުލީ ސިފައިން ކަމަށެވެ. އިރުމަތީ ސަރަޙައްދުގައި އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދަނީ ބަހްމުތު ސިޓީ ކައިރީގައެވެ. ވެގްނާ ކުލީ ސިފައިންނާއި އެހެނިހެން ސިފައިން ދަނީ ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ހުޅަނގަށްދާ ހަމައެކަނި މަގުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުންނެވެ. މި މަގަކީ ސަޕްލައި އާއި ރިއިންފޯސްމަންޓަށް ވަރަށް މުހިންމު މަގެކެވެ. ކިރްބީ ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންއަށް ދިން ހަމަލާތަކުގެ ނާކާމިޔާބުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ ޔޫކްރެއިންއަށް ލިބުނު ގެއްލުމުގެ އަންދާސީ ހިސާބު ނުދެނީ ޔޫކްރެއިން އަކީ ރަޝިޔާގެ ޝިކާރައަށްވެފައިވާ ގައުމަކަށްވާތީ ކަމަށެވެ. ޔޫކްރެއިންގެ ގްރައުންޑް ފޯސަސްގެ ލީޑަރު އޮލެކްސެންޑާ ސިރްސްކީ ވިދާޅުވީ ރަޝިއާއިން އަދިވެސް އެ ސިޓީ ހިފުމަށް ބޮޑު މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ވެސް އެކަން ކާމިޔާބު ނުވާ ކަމަށެވެ. ރަޝިޔާއިން ވަނީ މީގެ އެއްރޭ ކުރިން ޔޫކްރެއިންގެ އެހެން ސަރަޙައްދުތަކަށް ވެސް ހަމަލާދީފައެވެ. ޔޫކްރެއިނުން ވަނީ ރަޝިޔާ ސިފައިން ފޮނުވާލި 18 މިސައިލްގެ ތެރެއިން 15 މިސައިލް ހަލާކުކޮށްލާފައެވެ. މި މިސައިލްތަކުގެ ސަބަބުން އިރުމަތީގެ ސިޓީއެއް ކަމަށްވާ ޕަވްލޮހަރާދުގައި 34 މީހުން ޒަހަމްވި ނަމަވެސް ކިޔެވްއަށް ހަމަލާ ނުދެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ