މާލެ: 31°C

ޔޫކްރެއިން އާރާސްތުކުރަން 411 ބިލިއަން ޑޮލަރު ބޭނުންވޭ: ވޯލްޑް ބޭންކް

March 23, 2023
2 ފަހަރު ބަލާފައި
ޔޫކްރެއިން އާރާސްތުކުރަން 411 ބިލިއަން ޑޮލަރު ބޭނުންވޭ: ވޯލްޑް ބޭންކް
ޔޫކްރެއިން އާރާސްތުކުރަން 411 ބިލިއަން ޑޮލަރު ބޭނުންވޭ: ވޯލްޑް ބޭންކް
ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތްތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޔޫކްރެއިން އަލުން ބިނާކުރުމާއި ރިކަވަރީ ބޭނުންތަކަށް 411 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައި އަންދާޒާކޮށްފައިވާ 349 ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. މި އަންދާޒާ ތަކަކީ ޔޫކްރެއިން ސަރުކާރާއި ވޯލްޑް ބޭންކާއި ޔޫރަޕިއަން ކޮމިޝަން އަދި އދ ގުޅިގެން ޖަހާފައިވާ ހިސާބުތަކެކެވެ. އެންމެ ފަހުގެ އެސެސްމަންޓުން ދައްކާ ގޮތުގައި މި އަހަރާ ވެރިރަށް ކީވް އާރާސްތުކުރަން އެކަނިވެސް 14 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. މި އަހަރުގެ ބަޖެޓުގައި ޔޫކްރެއިން ސަރުކާރުން ކަނޑައަޅާފައިވާ ކަންތައްތަކުގެ އިތުރުން، އެ ޑިމާންޑްތައް ފުއްދުމަށް އިތުރު 11 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާ އެކު އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލިފައިވާއިރު، ހަނގުރާމަ ފެށުނު ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެއްޗާއި ހަކަތައިގެ އަގު ވަނީ އުފުލިފައެވެ. ޔޫކްރެއިންގެ ބޮޑުވަޒީރު ޑެނިސް ޝްމިގަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަހަރަށް އިސްކަންދޭ ފަސް ކަންތައްތަަކަކީ ހަކަތައިގެ އިންފްރާސްޓްރަކްޗާ، ބޯހިޔާވަހިކަން، އިންފްރާސްޓްރަކްޗާ، އިގްތިސާދީ އަދި ހިއުމެނިޓޭރިއަން "ޑިމައިނިން" ކަމަށެވެ. ވޯލްޑް ބޭންކުން ޔޫރަޕާއި މެދުއޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ވައިސް ޕްރެޒިޑެންޓް އެނާ ބްޖަޑޭ ވިދާޅުވީ ޔޫކްރެއިން އަލުން އާރާސްތުކުރުމަށް "އެތައް އަހަރެއް ނަގާނެ" ކަމަށެވެ. އެނާ އިތުރަށް ވިދާޅުވީ ޕަބްލިކް އިންވެސްޓްމަންޓަށް ދޭ އެހީތެރިކަން ވެސް "ރިކޮންސްޓްރަކްޝަންއަށް ލިބެން ހުރި ފައިނޭންސިން އިތުރުކުރުމަށްޓަކައި ޕްރައިވެޓް އިންވެސްޓްމަންޓުން އިތުރު ކުރަން ޖެހޭ" ކަމަށެވެ. ބުދަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ހަނގުރާމަ ކުރިއަށްދާހާ ހިނދަކު ބޭނުންތައް އިތުރުވަމުން ދާނެތީ އަންދާޒާތައް މިނިމަމްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުންތައް އެހާ ބޮޑުވެފައި ނުވަނީ، ބައެއް ފަހަރު ހަނގުރާމައިގެ އެންމެ ނުރައްކާތެރި ސަރަހައްދުތަކަކީ މިހާރުވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ސަރަހައްދުތަކަށް އެކަނިވެފައި އޮތުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ