ޔޫކްރެއިނަށް އިތުރު އަސްކަރީ އެހީ ދޭން އީޔޫއިން ގޮވާލައިފި

ޔޫކްރެއިނަށް އިތުރު އަސްކަރީ އެހީ ދޭން އީޔޫއިން ގޮވާލައިފި
ލިޔުން:
ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި އެ އެހީތަކުގެ ޑެލިވަރީތައް އަވަސް ކުރަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ.
ޖަރުމަނުގައި ކުރިއަށްދާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ބޮރެލް ވިދާޅުވީ އިތުރު ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަންތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. "އަދިވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އަސްކަރީ އެހީތެރިކަން އިތުރުކޮށް ހަލުވިކުރަން އެބަޖެހޭ" ބޮރެލް ވިދާޅުވިއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ޔޫކްރެއިންއަށް ދޭ އަސްކަރީ އެހީތެރިކަން އަވަސްކުރުމަށް ހުޅަނގުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
ބޮރެލް ވިދާޅުވީ ޔޫކްރޭނަށް އެހީވުމުގެ ގޮތުން އީޔޫގެ މެމްބަރުންގެ ފަރާތުން ހަތިޔާރު ގަތުމަށް އެސްޓޯނިއާއިން ހުށަހެޅި ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށެވެ.
"އެސްޓޯނިއާގެ ބޮޑުވަޒީރުގެ ހުށަހެޅުއްވުމާ އަޅުގަނޑު މުޅިން އެއްބަސްވޭ، އެކަމަށް މަސައްކަތް ކުރަމުން މިދަނީ، އެކަން ކާމިޔާބު ވާނެ،" ބޮރެލް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަލާމަތީ އަދި ދިފާއީ އޮފިޝަލުން ކޮންމެ އަހަރަކު އެއްވާ މިއުނިކް ކޮންފަރެންސްގައި ޔޫކްރެއިންގެ ހަނގުރާމައިގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ދެކެވިފައެވެ.
100 ގައުމެއްގެ 40 ވަރަކަށް ސަރުކާރުގެ ވެރިންނާއި އެހެނިހެން ސިޔާސީ ބޭފުޅުންނާއި ސަލާމަތީ މާހިރުން އެއްތަނަކުން ބައްދަލުކުރައްވާފައި މިވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އާ "ފިނި" ހަނގުރާމައެއް އުފެދިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޔޫކްރެއިންގެ ބޮޑު ސަރަހައްދެއް ހިފުމަށް ކުރައްވާ މަސައްކަތް ނާކާމިޔާބު ކޮށްލަން ޔޫކްރެއިން އިން ވަނީ ނިންމައިފައެވެ.
ޖަރުމަނުވިލާތުގައި ބޭއްވި ކޮންފަރެންސްގައި ޒެލެންސްކީ ވިދާޅުވީ "ކަންތައްތަަކުގެ ދުވެލި އަވަސްކުރުން ނޫން ގޮތެއް ނޯންނާނެ" ކަމަށާއި އެއީ ދިރިއުޅުން ބަރޯސާވާ ދުވެއްޔަކަށް ވާތީ ކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަނެ ހިންގަމުން ދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް އެމެރިކާއިން ވަނީ ރަސްމީކޮށް ނިންމާފައެވެ. އެކަން އިއުލާން ކުރެއްވީ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.
ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެނަޓޮލީ އެންޓޮނޯވް ނެރުއްވި ބަޔާނެއްގައި ވަނީ އެ ވާހަކަތަކަށް ރައްދުދެއްވާފައެވެ.
"ޝައްކެއް ނެތް ގޮތުގައި އެމެރިކާއިން މިފަދަ ހަމަލާތަކެއް ދިނުމުގެ ބޭނުމަކީ ޔޫކްރެއިންގެ މައްސަލައަށް ތެޔޮ އެޅުމަށް ހިންގާ އަމަލުތަކެއް،" އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
