މާލެ: 31°C

ޔޫކްރޭނަށް 15.6 ބިލިއަން ޑޮލަރުގެ ސަޕޯޓް ޕެކޭޖެއް ދޭން އައިއެމްއެފުން ފާސްކޮށްފި

April 2, 2023
2 ފަހަރު ބަލާފައި
ޔޫކްރޭނަށް 15.6 ބިލިއަން ޑޮލަރުގެ ސަޕޯޓް ޕެކޭޖެއް ދޭން އައިއެމްއެފުން ފާސްކޮށްފި
ޔޫކްރޭނަށް 15.6 ބިލިއަން ޑޮލަރުގެ ސަޕޯޓް ޕެކޭޖެއް ދޭން އައިއެމްއެފުން ފާސްކޮށްފި
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ޔޫކްރެއިނަށް 15.6 ބިލިއަން ޑޮލަރުގެ ސަޕޯޓް ޕެކޭޖެއް ދޭން އެއްބަސްވެއްޖެއެވެ. އެ ޕެކޭޖް ދޭން އައިއެމްއެފުން ނިންމީ އެ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އައިއެމްއެފުން ބުނި ގޮތުގައި ރަޝިއާގެ ހަމަލާގެ ސަބަބުން ޔޫކްރެއިންގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، މިދިޔަ އަހަރު އުފެއްދުންތެރިކަން ގާތްގަނޑަކަށް 30 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ކެޕިޓަލް ސްޓޮކްގެ ބޮޑު ބައެއް ފުނޑުފުނޑުވެ، ފަގީރުކަން އިތުރުވެގެން ދިޔަ ކަމަށްވެސް އައިއެމްއެފުން ބުންޏެވެ. އައިއެމްއެފް ބޯޑުން ވަނީ 15.6 ބިލިއަން ޑޮލަރުގެ އަގަކާއެކު 48 މަސް ދުވަހުގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް) ސްކީމެއް ފާސްކޮށްފައެވެ. އައިއެމްއެފުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ މިއީ ދަރަނި ކުޑަކުރުމާއި ހިލޭ އެހީ އާއި މަލްޓިލޭޓަރަލް ޖަމިއްޔާތަކުން ދޫކުރާ ލޯނުގެ މައްޗަށް އެކުލެވޭ ޖުމްލަ 115 ބިލިއަން ޑޮލަރުގެ ސަޕޯޓް ޕެކޭޖުގެ ހިއްސާ ކަމަށެވެ. އައިއެމްއެފްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ގީތާ ގޯޕީނާތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ "މެކްރޮއިކޮނޮމިކް އަދި ފައިނޭންޝަލް ސްޓެބިލިޓީ އެންކާ ކުރުމުގެ އިތުރުން ހަނގުރާމަ ކުރިއަށްދާއިރު މުހިންމު ސްޓްރަކްޗަރަލް ރިފޯމްތަކެއް ގެނައުން ކަމަށެވެ. އައިއެމްއެފުން ފާސްކުރި ޖުމްލަ ފައިސާގެ ތެރެއިން 2.7 ބިލިއަން ޑޮލަރަކީ ޔޫކްރެއިންއަށް ވަގުތުން ލިބޭނެ ފައިސާއެވެ. ބާކީ ހުރި ފައިސާ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދޫކުރަން ވަނީ ނިންމާފައެވެ. ގީތާ ގޯޕީނާތު ވިދާޅުވާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރަމުންދާ ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ، ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް އާންމު "މެކްރޮއިކޮނޮމިކް" އަދި މާލީ ހަމަޖެހުން ދެމެހެއްޓިފައި ވަނީ ހުނަރުވެރި ސިޔާސަތުތައް ކަނޑައެޅުމާއި ބޭރުގެ މުހިންމު އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އައިއެމްއެފުން ލަފާދީފައި ވަނީ ހަނގުރާމަ ނިމުމާ އެކު ދިގު މުއްދަތަކަށް ކުރިއެރުމަށް މަގުފަހިވާ ގޮތަށް ހިންގުން އެއްފަހަރާ ރަނގަޅު ކުރުމަށެވެ. 2024 ވަނަ އަހަރުގެ މެދުތެރޭގައި މިހާރު އޮތް ޕްރޮޖެކްޝަންގެ ތެރެއިން އެކްޓިވް ކޮންފްލިކްޓް ދެމިއޮތް ހާލަތެއްގައި، އައިއެމްއެފްގެ ބައެއް މެންބަރުންގެ އިތުރު ޔަގީންކަން ވެސް މި ޕެކޭޖުގައި ހިމަނާފައިވެއެވެ. އައިއެމްއެފުން ބުނި ގޮތުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް 2025 ވަނަ އަހަރާ ހަމައަށް ދެމިގެންދާނަމަ ޔޫކްރެއިންގެ މާލީ ބޭނުންތައް 115 ބިލިއަން ޑޮލަރުން 140 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޔޫކްރޭން އާއި ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުން ވަނީ ލޯނު ޕެކޭޖާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް އެގްޒެކެޓިވް ބޯޑުން އަދިވެސް އެކަމަށް ރުހުން ދޭން ޖެހެއެވެ. ޔޫކްރެއިންއިން އެދުނު ބިލިއަން ޑޮލަރުގެ އެހީގެ ޕްރޮގްރާމުގެ ކުރިން އެތައް މަހެއްވަންދެން މަޝްވަރާތައް ކުރިއަށް ދިޔައެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ އިތުރު ފައިސާއަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރަޝިއާގެ ހަރުކަށި ފިކުރާ ދެކޮޅަށްކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ. ވޯލްޑް ބޭންކާއި އެހެނިހެން ލޯނުދޭ ފަރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ ޕާޓްނަރުންނާއި އެހީދޭ ފަރާތްތަކުގެ އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން ޔޫކްރެއިންއަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރާނެ ކަމަށް ބެލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ