މާލެ: 31°C

ޔުކްރޭން ހަނގުރާމަ އަދި ނިމޭކަށް ނެތް!

December 4, 2022
93 ފަހަރު ބަލާފައި
ޔުކްރޭން ހަނގުރާމަ އަދި ނިމޭކަށް ނެތް!
ޔުކްރޭން ހަނގުރާމަ އަދި ނިމޭކަށް ނެތް!
ޔުކްރޭނުގައި އެގައުމުގެ ސިފައިންނާއި އެގައުމަށް އަަރައިގެން އުޅޭ ރަޝިޔާ ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ މަޑުޖެހުނު ނަމަވެސް އެހަނގުރާމަ އަދިވެސް ދާނީ ކުރިއަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ލަފާކޮށްފި އެވެ. އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު އަވްރިލް ހެއިންސް ވިދާޅުވި ކަމަށް އަލް ޖަޒީރާ ބުނީ ޔުކްރޭންގެ ޕަވަގްރިޑަކަށް ރަޝިޔާއިން ދިން ވަރުގަދަ ހަމަލާތަކަށް ފަހުގައި ވެސް ރަޝިޔާއާ ދެކޮޅަށް ގައުމު ދިފާއުކުރުމުގައި ޔުކްރޭންގެ ބާރުތަކުގެ އަޒުމަކަށް ބަަދަލެއް ނާންނަ ކަމަށެވެ. އެހެންވެ އަދި އިތުރު އެތައް މަހަކަށް ހަނގުރާމަ ދިގުދެމިގެންދާނެ ކަމަށް އެމެރިކާއިން ލަފާކުރެ އެވެ. ހެއިންސް އިއްޔެ ވިދާޅުވި ކަމަށް އެ ޖެންސީން ބުނީ ޔުކްރޭންގައި ރަޝިޔާ ސިފައިންނަށް އިތުރު ކާމިޔާބީ ހާސިލުނުވާތީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ހުންނެވީ ހައިރާންވެވަޑައިގެންފައި ކަމަށެވެ. "އަހަރެމެންނަށް މިހާރު މިފެންނަނީ މި ހަމަނުޖެހުން މިހާރު ފާޑަކަށް މަޑުޖެހިފައިވާ ތަން. އަދި ކުރިއަށް އޮތް މަސްތަކުގައި އަހަރެމެންނަށް ފެންނާނެ ކަމަށް ބެލެވެނީ މިހާލަތު،" އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި ރޭގަން ނެޝަނަލް ޑިފެންސް ފޯރަމްގައި ހެއިންސް ވިދާޅުވި ކަމަށް އަލްޖަޒީރާގެ ރިޕޯޓްގައި ބުންޏެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންނާއި ޔުކްރޭން ސިފައިން ވެސް މަސައްކަތް ކުރާނީ ފިނިމޫސުން ނިމެންވާއިރަށް، ސަޕްލައި އިތުރުކޮށް އަލުުން ރުކުރުވައިލުމަށެެވެ. އެއީ ހަމަލާތައް އަލުން ވަރުގަދަ ކުރުމަށެވެ. އެހެން ނަމަވެސް ރަޝިޔާއަށް އެކަން ހާސިލުވާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔުކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޕުޓިންއަށް މިހާރު ވިސްނިވަޑަައިގެންފައިވާ ކަމަށް ވެސް ހެއިންސް ވިދާޅުވި އެވެ. "އަހަރެންނަށް ހީވަނީ ރަޝިޔާ ސިފައިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައުލޫމާތު މިހާރު އޭނާއަށް މާބޮޑަށް ލިބިވަަޑައިގަންނަވާ. އެހެން ނަމަވެސް މި ސްޓޭޖްގައި ރަޝިޔާ ސިފައިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ފުރިހަމަ ތަސްވީރެއް އަދި އޭނާއަށް ލިބިވަަޑައިގެންނެވި ހެނެއް ހިއެއް ނުވޭ،" ހެއިންސް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ