މާލެ: 31°C

ޔުކްރޭނަށް ހަތިޔާރުދިނުމަކީ ހަނގުރާމައިގައި ސީދާ ބައިވެރިވުން: ރަޝިޔާ

January 27, 2023
2 ފަހަރު ބަލާފައި
ޔުކްރޭނަށް ހަތިޔާރުދިނުމަކީ ހަނގުރާމައިގައި ސީދާ ބައިވެރިވުން: ރަޝިޔާ
ޔުކްރޭނަށް ހަތިޔާރުދިނުމަކީ ހަނގުރާމައިގައި ސީދާ ބައިވެރިވުން: ރަޝިޔާ
ރަޝިޔާއާއިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންއަށް ޓޭންކަރުތައް ފޮނުވަން ހުޅަނގުގެ ގައުމުތަކުން ދާދި ފަހުން ނިންމި ނިންމުމަކީ ހަނގުރާމާގައި "ސީދާ ބައިވެރިވުމެއް" ގޮތުގައި ރަޝިޔާއިން ސިފަކޮށްފިއެވެ. ޖަރުމަނުން ޔޫކްރޭނަށް 14 ލެޕާޑް 2 ޓޭންކް ފޮނުވަން ވަނީ ނިންމާފައެވެ. އަދި ޔޫރަޕްގެ އެހެން ގައުމުތަކުން ލެޕަޑް ޓޭންކް ރީއެކްސްޕޯޓު ކުރުމަށް ވެސް ރުހުން ދޭނެކަންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ވޮޝިންޓަނުން 31 އަބްރަމްސް ޓޭންކް ޔޫކްރެއިންއަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. "ޔޫރަޕްގެ ވެރިރަށްތަކާއި ވޮޝިންޓަނުން ޓޭންކްތައް ހިމެނޭ ގޮތަށް އެކި ބާވަތުގެ ހަތިޔާރު ފޮނުވުމުގެ މާނައަކީ އެއްވެސް ގޮތަކުން ހަނގުރާމައިގައި ބައިވެރިވުން ނޫން. މިކަމާ ވަރަށް ބޮޑަށް ދެކޮޅު،" ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ. "މޮސްކޯއިން ދެކޭ ގޮތުގައި މިއީ ސީދާ ހަމަނުޖެހުންތަކުގައި ބައިވެރިވުން، އިރު، އަޅުގަނޑުމެންނަށް ފެންނަނީ މިކަން އިތުރުވަމުން އަންނަ ތަން،" އޭނާ ވިދާޅުވިއެވެ. މިއީ ޔޫކްރެއިންއަށް ޓޭންކުގެ އިތުރުން އިތުރު ހަތިޔާރު ފޮނުވަން އެމެރިކާ އާއި ޔޫރަޕްގައި ހަރަކާތްތެރިވާ އެގައުމުގެ ބައިވެރިން ބުދަ ދުވަހު ކުރި އިއުލާނާ ގުޅިގެން ރަޝިޔާއިން  ރައްދު ދިން ފުރަތަމަ ފަހަރެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހުޅަނގުގެ ގައުމުތަކުން، ހާއްސަކޮށް ޖަރުމަނުން ޔޫކްރޭނަށް ޓޭންކަރުތައް ފޮނުވަން ފަސްޖެހެއެވެ. ނަމަވެސް ޕްރެޝަރު ބޮޑުވެ ބަހުސް ކުރުމަށްފަހު ބުދަ ދުވަހު ވަނީ ފޮނުވަން ނިންމިކަން އިއުލާނުކޮށްފައެވެ. ބައިޑަންގެ ތަގުރީރުގައި ވިދާޅުވެފައިވަނީ އެ ޓޭންކްތަކަކީ ރަޝިޔާއަށް އެއްވެސް ނުރައްކަލެއް ނެތް ޓޭންކްތަކެއް ކަމަށާއި އެ ޓޭންކްތަކުގެ ބޭނުމަކީ ހުޅުވިފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވުމުގެ ގާބިލްކަން އިތުރުކުރުމަށް" ކަމަށެވެ. ޖަރުމަނުގެ ޗާންސެލަރު އޮލާފް ޝޮލްޒް ވިދާޅުވީ ޔޫކްރޭނަށް ތާއީދު ކުރުމަށްޓަކައި ކުރަންޖެހޭ އަދި ކުރެވެން ހުރި ކަންކަން ކުރަމުން އަންނަ ކަމަށެވެ. ހަމަ އެއާއެކު ރަޝިއާ އާއި ނޭޓޯއާ ދެމެދު ހިނގަމުންދާ ހަނގުރާމައަކަށް އެ ހަނގުރާމަ އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ