ޔޫކޭއިން ރޮހިންޔާ ރެފިއުޖީންނަށް އެހީގެ ގޮތުގައި 11 މިލިއަން ޕައުންޑު

ޔޫކޭއިން ރޮހިންޔާ ރެފިއުޖީންނަށް އެހީގެ ގޮތުގައި 11 މިލިއަން ޕައުންޑު
ލިޔުން:
ބަންގްލަދޭޝްގައި ގައި ހާލުގައި ދިރިއުޅެެމުންދާ ރޮހިންޔާ ރެފިއުޖީންނާއި އެހީވުމަށް އިނގިރޭސިވިލާތުން 11.6 މިލިއަން ޕައުންޑް، އިންސާނީ އެހީގެ ގޮތުގައި ދޭން ނިންމައިފި އެވެ.
މި އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ 546،100 ރޮހިންޖާ ރެފިއުޖީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އަށްމިލިއަން ޕައުންޑާ 46،000 ރެފިއުޖީންނަށް ފެނާއި ނަރުދަމާ ހިދުމަތަށް ފޯރުކޮށްދޭން ދެ މިލިއަން ޕައުންޑެވެ.
އަދި ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ދިމާވާ ކާރިސާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 1.6 މިލިއަން ޕައުންޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
އިނގިރޭސިވިލާތުން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާރާ ކުކް އެކަން އިއުލާންކުރެއްވީ ރޮހިންޔާ މީހުން ދިރިއުޅޭ ކޮކްސް ބާޒާރަށް ކުރެއްވި ދަތުރުފުޅުގައެވެ. އިނގިރޭސިވިލާތުން ވަނީ ރޮހިންޔާ ރެފިއުޖީން ބޭތިއްބުމަށް ބަންގްލަދޭޝްއިން ދެމުން ގެންދާ އެހީތެރިކަމަށް ތައުރީފްކޮށް، ރޮހިންޔާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެމިއޮންނާނެ ކަމަށް ބުނެފައެވެ.
އިނގިރޭސިވިލާތަކީ ބަންގްލަދޭޝްގައި ކާރިސާތަކަށް ތައްޔާރުވުމަށާއި އެކަމަށް އިޖާބަދިނުމުގެ މަސައްކަތަށް އަބަދުވެސް ތާއީދުކުރާ ގައުމެކެވެ.
2017 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުން ވަނީ ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ރެފިއުޖީންނާއި އެހެނިހެން ހާލުގައި ޖެހިފައިވާ ފަރާތަތަކަށް އިންސާނީ އެހީގެ ގޮތުގައި ޖުމްލަ 362 މިލިއަން ޕައުންޑްގެ އެހީއެއް ދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
