މާލެ: 31°C

ޔުގެންޑާގައި އެބޯލާ ފެތުރުން ކޮންޓްރޯލް ކުރެއްވިއްޖެ: އެފްރިކަން ސީޑީސީ

January 7, 2023
2 ފަހަރު ބަލާފައި
ޔުގެންޑާގައި އެބޯލާ ފެތުރުން ކޮންޓްރޯލް ކުރެއްވިއްޖެ: އެފްރިކަން ސީޑީސީ
ޔުގެންޑާގައި އެބޯލާ ފެތުރުން ކޮންޓްރޯލް ކުރެއްވިއްޖެ: އެފްރިކަން ސީޑީސީ
ޔޫގެންޑާގައި އެބޯލާ ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެފްރިކާގެ އާންމު ސިއްހަތުގެ އެންމެ އިސް އިދާރާ އެފްރިކަން ސެންޓާސް ފޯ ޑިޒީސަސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (އެފްރިކަން ސީޑީސީ) އިން ބުނެފި އެވެ. އެބޯލާ ވައިރަހުގެ ގެ ކޭސްއެއް ޔޫގެންޑާއިން އެންމެ ފަހުން ފެނިފައިވަނީ 39 ދުވަސް ކުރިންނެވެ. އެފްރިކާ ސީޑީސީގެ އެކްޓިން ޑިރެކްޓަރު އަހުމަދު އޮގްވެލް އައުމާ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ބްރީފިންއެއްގައި ވިދާޅުވީ ޖެނުއަރީ 10 ގެ ކުރިން ޔޫގެންޑާއިން އާ ކޭސްތަކެއް ނުފެނިއްޖެ ނަމަ ބަލި ފެތުރުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެބޯލާ ކޮންޓްރޯލް ކުރަން ޔުގެންޑާއިން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި އަހުމަދު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން ގާތްގަނޑަކަށް 70 ދުވަސް ނަގާފައިވާ ކަމަށެވެ. ޔުގެންޑާއިން 142 މީހަކު އެބޯލާއަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 55 މީހަކު މަރުވިއެވެ. އެބޯލާގެ ސޫދާން ސްޓްރެއިންއާ ދެކޮޅަށް ވެކްސިންގެ ޓްރަޔަލްތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޮފިޝަލުން އެންމެ ފުރަތަމަ ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ވެކްސިނެއް ނެތް މި ބަލި ޔުގެންޑާގައި ފެތުރެން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ މި ބަލީގެ ސޫދާން ސްޓްރެއިން ކަމަށްވެސް އޮފިޝަލުން އޭރު ވިދާޅުވި އެވެ. އެންމެ ފަހުން ޔުގެންޑާއިން އެބޯލާ ޖެހިފައިވާ ކަމަށް ބުނާ މީހާ ޑިސެމްބަރު މަހު ހޮސްޕިޓަލުން ދޫކޮށްލުމާއެކު ރައީސް ޔޯވެރީ މުސެވެނީ ވަނީ އެބޯލާއާ ގުޅިގެން އަޅާފައިވާ ހަރުކަށީ ފިޔަވަޅުތައް އުވާލައްވާފައެވެ. 2014 އާއި 2016 ވަނަ އަހަރު ދެމެދު ހުޅަނގު އެފްރިކާގައި މި ބަލީގެ ޒައިރޭ ސްޓްރެއިން ފެތުރެން ފަށައި 11،300 މީހަކު މަރުވިއެވެ. އެންމެ ގިނައިން މީހުން މަރުވީ ގިނީ، ސިއެރާލިއޯން އަދި ލައިބީރިއާއިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމާފައިވާ ގޮތުން ގައުމެއްގައި އެބޯލާ ނެތް ކަމަށް ކަނޑައެޅޭނީ ކޭސް އެއް ރިޕޯޓްނުކުރާތާ މަދުވެގެން 42 ދުވަސްވުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ