ޔުގެންޑާގައި އެބޯލާ ކޮންޓްރޯލްވިކަން ރަސްމީކޮށް އިއުލާންކޮށްފި

ޔުގެންޑާގައި އެބޯލާ ކޮންޓްރޯލްވިކަން ރަސްމީކޮށް އިއުލާންކޮށްފި
ލިޔުން:
ޔުގެންޑާގައި އެބޯލާ ފެތުރުން ކޮންޓްރޯލްވެފައިވާކަން އެ ގައުމުން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ޖޭން ރޫތު އަސެންގެވެ.
ޔޫގެންޑާއިން އެބޯލާ ފެތުރުން ކޮންޓްރޯލް ކޮށްފައިވަނީ ބަލި ފެތުރެން ފެށިތާ ހަތަރު މަހުގެ ތެރޭގައެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ބަލި ޖެހުނު 143 މީހުންގެ ތެރެއިން 55 މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މަރުވި މީހުންގެ ތެރެއިން ހަ މީހުންނަކީ ސިއްހީ ހިދުމަތްތެރިންނެވެ.
ބަލި ފެތުރެން ފެށި ފުރަތަމަ ހަފުތާގެ ތެރޭގައި ވެރިރަށް ކަމްޕާލާގެ ހުޅަނގުން 150 ކިލޯމީޓަރު (90 މޭލު) ދުރުގައި އޮންނަ މުބެންޑޭގެ މައި މަރުކަޒާއި ކަމްޕާލާގެ އިތުރުން އެހެން ބައެއް ޑިސްޓްރިކްޓްތަކަށް ކޭސްތައް ފެތުރުނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމާފައިވާ ގޮތުން ގައުމެއްގައި އެބޯލާ ނެތް ކަމަށް ކަނޑައެޅޭނީ ކޭސް އެއް ރިޕޯޓްނުކުރާތާ މަދުވެގެން 42 ދުވަސްވުމުންނެވެ. އެއީ އެންމެ ބޮޑު އިންކިއުބޭޝަން ޕީރިއަޑްގެ ދެގުނަ އިތުރު މުއްދަތު ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫގެންޑާއިން އެންމެ ފަހުން އެބޯލާ ބަލި މީހަކު ހޮސްޕިޓަލުން ދޫކޮށްލުމާއެކު ރައީސް ޔޯވެރީ މުސެވެނީ ވަނީ އެބޯލާއާ ގުޅިގެން އަޅާފައިވާ ހަރުކަށި ހުރިހާ ފިޔަވަޅުތަކެއް އުވާލައްވާފައެވެ.
ހުޅަނގު އެފްރިކާގައި 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ފެތުރެމުންދާ މި ބަލީގެ ޒައިރޭ ސްޓްރެއިންގެ ސަބަބުން 11،300 މީހުން މަރުވުމާ ގުޅިގެން އެފްރިކާގެ ސިއްހީ އިދާރާތަކުން ވަނީ އެބޯލާއަށް އިޖާބަދިނުމަށް ތައްޔާރަށް ތިބުމަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
