ޔޫއޭއީގައި އުމުރު ދުވަހަށް ޖަލަށްލި އިޒްރޭލު މީހަކަށް މާފުދީފި

ޔޫއޭއީގައި އުމުރު ދުވަހަށް ޖަލަށްލި އިޒްރޭލު މީހަކަށް މާފުދީފި
ލިޔުން:
މަސްތުވާތަކެތީގެ ކުށް ސާބިތުވެ ޔޫއޭއީގެ ޖަލަށްލާން ހުކުމް ކުރި އިޒްރޭލު އަންހެނަކު، މާފުދީ މިނިވަން ކޮށްފިއެވެ.
ފިދާ ކިވާން ނަމަކަށް ކިޔާ އަންހެން މީހާ މިނިވަންކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ.
އިޒްރޭލުން ބުނި ގޮތުގައި އެ އަންހެން މީހާ މިނިވަން ކޮށްފައިވަނީ އިޒްރޭލުގެ ރައީސް، އައިޒަކް ހަރްޒޯގްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
ކިވާން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ކެނަބިސް އާއި ކޮކެއިން ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ. އޭނާއަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް މައްސަލަ އިސްތިއުނާފް ކުރުމުން ހުކުމްކުރީ އުމުރު ދުވަހުގެ ޖަލު ހުކުމަށެވެ.
އިޒްރޭލާއި ޔޫއޭއީއާ ދެމެދު އޮންނަ ގުޅުން ގާއިމް އަލުން ބަަދަހިކުރީ 2020 ވަނަ އަހަރު އެމެރިކާގެ މެދުވެރިކަމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އަރަބި ދަރިފަސްކޮޅަށް ނިސްބަތްވާ އިޒްރޭލުގެ ފޮޓޯގްރާފަރު ކިވާން ހައްޔަރުކުރިއިރު ވަޒީފާ އަށް ދުބާއީ އަށް ގޮސް އުޅެނިކޮށެވެ.
ޕްރޮސެކިއުޓަރުން ބުނި ގޮތުގައި އޭނާ އަތުން ވަނީ 50 ގްރާމް ކޮކެއިން އާއި 500 ގްރާމް ކެނަބިސް ފެނިފައެވެ. ކޮކެއިން އަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ކިއާން ބުނެފައިވެއެވެ.
އޭނާ މިނިވަން ކުރުމުން އިޒްރޭލުގެ ރައޫސް ހަރްޒޮގް ވަނީ ޔޫއޭއީގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
"އަބްރަހަމް އެކޯޑްސް" ނަމުން ނަން ދީފައިވާ، އެމެރިކާގެ މެދުވެރިކަމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ވަނީ އަރަބި ބައެއް ގައުމުތަކާ އެކު ގުޅުންތައް އާންމުކޮށްފައެވެ.
ޗުއްޓީ ހޭދަކުރުމަށް މަގުބޫލު މަންޒިލެއް ކަމަށްވާ ޔޫއޭއީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅެއެވެ. ކުޑަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅުމުން ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ނުވަތަ ޖަލު ހުކުމެއް އާދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
