މާލެ: 31°C

ތޫފާން ޑޮކްސުރީ: ބެއިޖިންއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރެޑް އެލާޓް ނެރެ،ފި

July 30, 2023
2 ފަހަރު ބަލާފައި
ތޫފާން ޑޮކްސުރީ: ބެއިޖިންއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރެޑް އެލާޓް ނެރެ،ފި
ތޫފާން ޑޮކްސުރީ: ބެއިޖިންއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރެޑް އެލާޓް ނެރެ،ފި
ޗައިނާގެ ވެރިރަށް ބެއިޖިންއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ރެޑް އެލާޓް ނެރެފިއެވެ. ރެޑް އެލާޓް ނެރެފައި މިވަނީ ޗައިނާގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ފާއިތުވި އަހަރުތަކުގައި އައި އެންމެ ބާރުގަދަ ތޫފާން ކަމަށްވާ ޑޮކްސޫރީގެ ސަބަބުން ފެންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ތޫފާނުގެ ސަބަބުން ފިލިޕީންސާއި ޓައިވާނުގެ އިތުރުން ޗައިނާގެ އައްސޭރިފަށަށް ވެސް އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބަށް ގެންގޮސްފައެވެ. ޗައިނާގެ ނޭޝަނަލް ފޯކާސްޓަރުން ބުނި ގޮތުގައި ވެރިރަށް ބެއިޖިން އާއި ވަށައިގެންވާ ޕްރޮވިންސްތައް ހިމެނޭ ސަރަހައްދަކަށް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ވިއްސާރާކުރާ މިންވަރު އިތުރުވާނެ ކަމަށެވެ. ހޮނިހިރު ދުވަހު ވެރިރަށް ބެއިޖިންއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ. ޗައިނާގެ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން ބުނީ ޑޮކްސޫރީގެ ތުފާނުގެ ބާރު ބަލިކަށިވަމުން އަންނަ ކަމަށާއި ނަމަވެސް އޭގެ އަސަރު އަދި ނިމުމަކަށް ނާންނަ ކަމަށެވެ. އެ އިންޒާރުގައި ވަނީ ބެއިޖިން-ޓިއަންޖިން-ހެބެއި ސަރަހައްދުގެ ހައި ރިސްކް ސަރަހައްދުތަކުން ދުރުވެ، ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހަފުތާ ބަންދުގައި ބެއިޖިންގެ ދެކުނުގެ ކޯރުތަކާއި، ހެބެއިގެ މެދުތެރެ އާއި ހުޅަނގުގެ ސަރަހައްދުތަކާއި އިރުމަތީ ޝަންޝީ އަދި އުތުރު ހެނާންގެ ކޯރުތަކުގެ ފެންގަނޑު މައްޗަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ