މާލެ: 31°C

ޓްވިޓާ ބަންދުކުރާނެ ކަމުގެ އިންޒާރު އިންޑިއާއިން ދިން: ޓްވިޓާގެ ފައުންޑާ

June 15, 2023
2 ފަހަރު ބަލާފައި
ޓްވިޓާ ބަންދުކުރާނެ ކަމުގެ އިންޒާރު އިންޑިއާއިން ދިން: ޓްވިޓާގެ ފައުންޑާ
ޓްވިޓާ ބަންދުކުރާނެ ކަމުގެ އިންޒާރު އިންޑިއާއިން ދިން: ޓްވިޓާގެ ފައުންޑާ
ސޯޝަލް ނެޓްވޯކިން ސައިޓ،ް ޓްވީޓާ ބަންދުކުރާނެ ކަމުގެ އިންޒާރު އިންޑިއާ ސަރުކާރުން ދިން ކަމަށް ޓްވިޓާގެ ކުރީގެ ސީއީއޯ އަދި ކުންފުނީގެ ކޯ ފައުންޑާ ޖެކް ޑޯސޭ ވިދާޅުވެއްޖެއެވެ. ޓްވިޓާގެ ކޯ ފައުންޑާ ޖެކް ޑޯސީ ބުނީ އިންޑިއާއިން ވަނީ އެކައުންޓްތައް ހިފެހެއްޓުމަށް އަންގާ އެންގުންތަކާ އެއްގޮތަށް އަމަލު ނުކުރާނަމަ ޓްވިޓާ ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައި ކަމަށެވެ. ޑޯސީ ވިދާޅުވީ އިންޑިއާ ސަރުކާރުން އެ އިންޒާރު ދިނީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ދަނޑުވެރިން ކުރި މުޒާހަރާތަކުގައި ޓްވިޓާއިން ޕޯސްޓްތައް ނަގައި ސަރުކާރަށް ފާޑުކިޔާ އެކައުންޓްތައް ނެގުމަށް އެ ކުންފުނިން ދެކޮޅު ހެދުމުން ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ ޑޯސީގެ އެ ތުހުމަތަކީ "ސީދާ ދޮގެއް" ކަމަށް ބުނެފަ އވެ. ޓްވިޓާގެ ސީއީއޯގެ މަގާމުން ޑޯސީ އިސްތިއުފާ ދެއްވީ 2021 ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ ސަރުކާރުން ބުނީ ޑޯސީގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ ޖޫނިއާ މިނިސްޓަރު ރަޖީވް ޗަންދްރަޝޭކަރު ޓްވިޓާގައި ޑޯސީގެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ އެއްވެސް މީހަކު ޖަލަށް ނުލާ ކަމަށާއި ޓްވިޓާ ބޭނުންކުރުން މަނާ ކޮށްފައި ނުވާ ކަމަށެވެ. އަދި ޓްވިޓާގައި ޑޯސީގެ ލީޑަޝިޕަށް އިންޑިއާގެ ގާނޫނުގެ ސިޔާދަތު ގަބޫލުކުރަން ދަތިތަކެއް ހުރި ކަމަށް ވެސް ޗަންދްރަޝޭކަރު ވިދާޅުވިއެވެ. ދަނޑުވެރިކަމުގެ އިސްލާހުތަކާ ދެކޮޅަށް ދަނޑުވެރިން ކުރި މުޒާހަރާތައް އެއް އަހަރަށް ދެމިގެން ދިޔައިރު، މޯދީގެ ސަރުކާރަށާއި އެމަނިކުފާނުގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީއެއް ކަމުގައިވާ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މުޒާހަރާތައް ނިންމާލީ 2021 ވަނަ އަހަރުގެ ފަހުކޮޅު ދަނޑުވެރިންނަށް، ބައެއް ލުއިތައް ލިބުމުންނެވެ. ޑޯސީ ވިދާޅުވީ ދަނޑުވެރިންގެ އިހުތިޖާޖާ އިދިކޮޅަށް އިންޑިއާއިން ޓްވިޓާއަށް އެތައް ފަހަރެއްގެ މަތިން އެދިފައިވާ ކަމަށާއި ސަރުކާރަށް ފާޑުކިޔާ ވަކި ނޫސްވެރިންތަކެއް ވެސް އެދިފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ