މާލެ: 31°C

ތުރުކީ - ސީރިޔާ ބިންހެލުމަކީ ގަރުނެއްގެ ތެރޭ ހިނގި އެންމެ ނުރައްކާތެރި ކާރިސާ

February 11, 2023
2 ފަހަރު ބަލާފައި
ތުރުކީ - ސީރިޔާ ބިންހެލުމަކީ ގަރުނެއްގެ ތެރޭ ހިނގި އެންމެ ނުރައްކާތެރި ކާރިސާ
ތުރުކީ - ސީރިޔާ ބިންހެލުމަކީ ގަރުނެއްގެ ތެރޭ ހިނގި އެންމެ ނުރައްކާތެރި ކާރިސާ
ތުރުކީ އާއި ސިރިޔާއަށް އައި ބިންހެލުމަކީ ފާއިތުވި 100 އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ކާރިސާ ކަމަށް އދ. އިން ބުނެފިއެވެ. ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ ހުޅަނގު އުތުރަށް އައި ބިންހެލުމުގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ބޯހިޔާވަހިކަމާއި ކާބޯތަކެތި ބޭނުންވާ އެތައް ހާސް ބައެއްގެ މަތިން ހަނދާން ކުރުމަށް އދ.ގެ އެހީގެ ވެރިޔާ މާޓިން ގްރިފިތުސް ވަނީ އިލްތިމާސް ކުރައްވައިފިއެވެ. ތުރުކީގެ ކަހްރާމަންމާރަސް ޕްރޮވިންސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރިފިތްސް ވިދާޅުވީ ބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލި، ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ އާއިލާތަކާ ވާހަކަ ދެއްކި ކަމަށެވެ. "އަޅުގަނޑު މިތަން އައިސްފައި މިހިރީ މި މީހުން މަތިން ހަނދާން ނައްތާނުލަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ. ގްރިފިތްސް ވަނީ މި ކާރިސާއަށް ތުރުކީން ދިން އިޖާބަ އަށް ތައުރީފް ކުރައްވާފައެވެ. "ފަސްޓް ރެސްޕޮންޑަރުން 24 ގަޑިއިރު މަސައްކަތް ކުރާ ހިތްވަރަށް ތައުރީފު ކުރަން އިތުރު މީހަކު ސަލާމަތްވާނެ ކަމަށް އުއްމީދު ކުރަން" ވިދާޅުވިއެވެ. "މިއީ ފެށުން، އަޅުގަނޑުގެ ތަޖުރިބާގައި މީހުން އަބަދުވެސް ތިބީ ފެށުނީއްސުރެ މާޔޫސްވެފައި،" ބިންހެލުމުގައި މީހުން ސަލާމަތްކުރުން ލަސްވީކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ. އެއަށް ފަހު އޭނާ ވިދާޅުވީ ބިންހެލުމަކީ "ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ" ކަމަށެވެ. މި ބިންހެލުމަކީ 1939 ވަނަ އަހަރަށް ފަހު ތުރުކީއަށް އައި އެންމެ ބޮޑު ބިންހެލުމެވެ. އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލިފައިވާ ސީރިޔާގައި 11 އަހަރު ވަންދެން ހިނގި ދާހިލީ ހަނގުރާމައަކީ ފަހުގެ ތާރީހުގައި ވެސް އެ ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ. ގްރިފިތްސް ވިދާޅުވީ ތުރުކީ އާއި ސީރިއާއަށް ތިން މަސް ދުވަހުގެ އޮޕަރޭޝަނެއް ފަށަނީ އެގައުމުގެ އޮޕަރޭޝަންތަކުގެ ހަރަދުތައް ފޫބެއްދުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. ގްރިފިތްސް ރޮއިޓާސްއަށް ވިދާޅުވީ ސީރިއާގެ ސަރުކާރާއި ދެކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި ވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ކަންކަން އަދި ސާފުނުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ