މާލެ: 31°C

ތުރުކީ، ސޫރިއާ އަދި ރަޝިޔާގެ ދިފާއީ ވަޒީރުން މަޝްވަރާ ކުރައްވަނީ

December 30, 2022
2 ފަހަރު ބަލާފައި
ތުރުކީ، ސޫރިއާ އަދި ރަޝިޔާގެ ދިފާއީ ވަޒީރުން މަޝްވަރާ ކުރައްވަނީ
ތުރުކީ، ސޫރިއާ އަދި ރަޝިޔާގެ ދިފާއީ ވަޒީރުން މަޝްވަރާ ކުރައްވަނީ
ރަޝިޔާ، ތުރުކީ އަދި ސޫރިޔާގެ ދިފާއީ ވަޒީރުން  މޮސްކޯގައި މަޝްވަރާތަކެއް ކުރައްވަން ފައްޓަވައިފިއެވެ. ތުރުކީގެ ދިފާއީ ވަޒީރު ހުލޫސީ އަކާރާއި ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަން (އެމްއައިޓީ)ގެ ވެރިޔާ ހަކަން ފިދާން ވަނީ ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޯއިގޫއާ އެކު މޮސްކޯގައި ސީރިއާގެ ޑިފެންސް މިނިސްޓަރު އަލީ މަހްމޫދު އައްބާސް އާއި ސީރިއާގެ އިންޓެލިޖެންސްގެ ވެރިޔާ އަލީ މަމްލޫކްއާ ބައްދަލުކުރައްވާފައެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އާރްއައިއޭ ނިއުސް އެޖެންސީން ބުނީ ސޫރިޔާގެ މައްސަލައާއި ރެފިއުޖީންގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކާއި އެ ގައުމުގައި ހިންގާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ދެކޮޅަށް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. "ސޫރިޔާގެ މައްސަލައާއި، ރެފިއުޖީންގެ މައްސަލައާއި، ސޫރިޔާގެ ބިމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ގުޅިގެން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ބިނާކުރަނިވި ބައްދަލުވުމުގައި މަޝްވަރާކުރެވުނު" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބައްދަލުވުން މުހިންމުވީ ތުރުކީ އާއި ސޫރިޔާގެ ވަޒީރުން 11 އަހަރަށްފަހު ފުރަތަމަ ފަހަރަށް މަޝްވަރާކުރައްވާފައިވާތީ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ ސިރިޔާ އާއި ސޫރިޔާގެ ޑިޕްލޮމަސީ ހަލުވި ކުރުމަށް ރަޝިއާ އެކު ޓްރައިލެޓަރަލް މެކޭނިޒަމެއް އުފެއްދުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ހުށަހެޅުއްވި ކަން އިއުލާން ކުރައްވާފަ އެވެ. ފާއިތުވި މަސްތަކުގައި އެކި ފަހަރު މަތިން އުރުދުގާން ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ މަހު އިސްތަންބޫލްގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް ފަހު ތުރުކީން ވަނީ އެ ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން ވައިގެ އޮޕަރޭޝަންތައް ފަށައިފައެވެ. އުރުދުގާން ވިދާޅުވީ ވައިޕީޖީ ހަނގުރާމަވެރިންނާ ގުޅުން ހުރި އަމާޒުތަކަށް ސޫރިޔާގެ އުތުރުގައި، އަންކާރާއިން އެއްގަމު އޮޕަރޭޝަނެއް ހިންގާނެ ކަމަށާއި އެއީ 1980 ގެ އަހަރުތަކުން ފެށިގެން ތުރުކީއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގެ ގޮތްޕެއް ކަމަށެވެ. ތުރުކީގެ ރައީސް ވިދާޅުވީ، ސޫރިޔާ އާއި އިރާގުގެ ސަރަހައްދީ އެއްބައިވަންތަކަން ކަށަވަރުކޮށް، އެ ގައުމުން ވެސް އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު، ތުރުކީން އޮތީ ދެކުނުގެ ބޯޑަރު "ސެކިއުރިޓީ ކޮރިޑޯ" އަކުން ހިމާޔަތްކުރުމަށް އިހުނަށްވުރެ ބޮޑަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ