ތުރުކީ އިންތިހާބަށް 5 ދުވަހަށް ވެފަ އޮއްވާ މުސާރަތައް ބޮޑުކޮށްފި

ތުރުކީ އިންތިހާބަށް 5 ދުވަހަށް ވެފަ އޮއްވާ މުސާރަތައް ބޮޑުކޮށްފި
ލިޔުން:
ތުރުކީގައި ބާއްވާ އާންމު އިންތިހާބަށް ފަސް ދުވަސް ވެފައި އޮއްވާ، ސަރުކާރުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރަ 45 އިންސައްތަ ބޮޑުކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް އަދި އިންތިހާބުގައި ވާދަކުރައްވާ ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ.
އިންތިހާބުގައި އުރުދުގާން އާއި އިދިކޮޅު މައި ކެންޑިޑޭޓް ކެމަލް ކިލިކްޑަރޮގްލޫ އާ ދެމެދު ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ޕޯލްތަކުން ދައްކައެވެ.
މުސާރަ ބޮޑުކުރަން ނިންމިކަން، ހާމަކުރެއްވީ އިއްޔެ އަންކާރާގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބޮޑުކުރުމާއެކު ސަރުކާރުގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި މަހަކު 768 ޑޮލަރު ލިބޭނެއެވެ.
އުރުދުގާން ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި ޕެންޝަން ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި ޖުލައި މަހު އިންފްލޭޝަނަށް އަންނަ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ޕްލޭންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އާދީއްތަ ދުވަހު އިންތިހާބު ބާއްވާއިރު އެ ގައުމުގެ އިގްތިސާދުގެ މައްސަލަ އޮތީ ބޮޑު މައްސަލައަކަށްވެފައެވެ. މިދިޔަ އަހަރު އުރުދުގާން ނިންމެވި ބައެއް އާދަޔާ ހިލާފު ނިންމުންތަކުގެ ސަބަބުން ތުރުކީގެ ލީރާގެ އަގު ދަށަށް ގޮސް އިންފްލޭޝަން ވަރަށް މައްޗަށް ގޮސްފައިވެއެވެ. މިއީ ފާއިތުވި 24 އަހަރުގެ ތެރޭގައި އިންފްލޭޝަން އެގާ މަތިވި ފުރަތަމަ ފަހަރެވެ.
ފެބްރުއަރީ މަހު އައި ބޮޑު ދެ ބިންހެލުމުގެ ސަބަބުން ތުރުކީގެ އިގްތިސާދަށް ވެސް ވަނީ ހީނަރުކަމެއް އައިސްފައެވެ. މި މައްސަލަތަކުގެ ސަބަބުން ތުރުކީގެ ވެރިއެއްގެ ގޮތުގައި 20 އަހަރު ވަންދެން ހުންނެވި އުރުދުގާން އަށް އަލުން އިންތިހާބަށް ކެމްޕެއިން ކުރަން ވަނީ ދަތިވެފައެވެ.
އެ ގޮންޖެހުންތަކާއެކުވެސް އުރުދުގާން ގެންދަވަނީ އިގްތިސާދަށް އެހީވުމުގެ ގޮތުން އިންޓްރެސްޓް ރޭޓް ދަށްކުރައްވާނެ ކަމަށް ވައުދުވަމުންނެވެ. އަދި އިންފްލޭޝަން އެއް ޑިޖިޓް އިންސައްތައަކަށް ދަށްކޮށް، އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
