ތުރުކީގެ ފެކްޓްރީގައި ގޮވުމެއް ގޮވައި ފަސް މީހަކު މަރުވެއްޖެ

ތުރުކީގެ ފެކްޓްރީގައި ގޮވުމެއް ގޮވައި ފަސް މީހަކު މަރުވެއްޖެ
ލިޔުން:
ތުރުކީގެ ފެކްޓްރީއެެއްގައި ގޮވުމެއް ގޮވައި ފަސް މީހުން މަރުވެއްޖެއެވެ.
އެކަން ހިނގީ ވެރިރަށް އަންކާރާގެ އިރުން 40 ކިލޯމީޓަރު (25 މޭލު) ދުރުގައި ހުންނަ ސަރުކާރު ހިއްސާވާ އެމްކޭއީ ރޮކެޓް އެންޑް އެކްސްޕްލޯސިވްސް ފެކްޓްރީގައެވެ.
ގޮވުމުގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެފައިވާއިރު، ކައިރީގައި ހުރި ގެތަކާއި ފިހާރަތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ ކަމަށް ދައުލަތުގެ ޓީވީން ބުނެއެވެ.
އޮފިޝަލުން ވިދާޅުވީ ގޮވަން މެދުވެރިވީ ފެކްޓްރީގެ ޑައިނަމައިޓް ޑިޕާޓްމަންޓުގައި ހިނގި ހާދިސާއެއްގެ ސަބަބުން ކަމަށެވެ.
ރީޖަނަލް ގަވަރުނަރު ވަހަޕް ސާހިން ވިދާޅުވީ ޒަހަމްވި މުވައްޒަފުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ޑިފެންސް މިނިސްޓަރުގެ ނައިބު އަލްޕާސްލާން ކަވަކްލިއޯގްލޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގޮވުމުގެ ކުރިން އޮފިޝަލުން އިމާރާތުގެ އެތެރޭގެ ފުޓޭޖްތައް ރިވިއުކޮށްފައިވާ ކަމަށާއި ގޮވި ވަގުތާ ހަމައަށް ވެސް އާދަޔާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހާދިސާއާ ގުޅިގެން ޝަރުއީ އަދި އިދާރީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
