ތުރުކީ ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކުގައި ފެންބޮޑުވެ 14 މަރު

ތުރުކީ ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކުގައި ފެންބޮޑުވެ 14 މަރު
ލިޔުން:
ތުރުކީއަށް މިދިޔަ މަހު އައި ބާރުގަދަ ބިންހެލުމުގައި ގެއްލުންލިބުނު ދެ ޕްރޮވިންސަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 14 މީހުން މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ ވިދާޅުވީ ތިން ސަރަހައްދަކުން ގެއްލިގެން ރިޕޯޓް ކޮށްފައިވާ ފަސް މީހަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
ސޮއިލޫ ވިދާޅުވީ ދެކުނުއިރުމަތީ ސަންލިއުރްފާ ޕްރޮވިންސްގައި ފެންބޮޑުވުމުގެ ސަބަބުން 12 މީހުން މަރުވެފައިވާއިރު އަދްޔާމަން ޕްރޮވިންސުން އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށެވެ..
އެޕާޓްމަންޓެއްގެ ތެރެއިން ހަށިގަނޑު ފެނުނު ސީރިއާގެ ފަސް މީހަކާއި އަންޑަޕާހެއްގައި ތާށިވެފައި އޮތް ވޭނެއްގެ ތެރޭގައި މަރުވި އިތުރު ދެ މީހުން ހިމެނެއެވެ.
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުން ޓެންޓުތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ކޭމްޕުން އެތައް ބަޔަކު ވަނީ ހުސްކޮށްފައެވެ.
ތުރުކީގެ ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނީ މި ދެ ޕްރޮވިންސްގެ ތެރެއިން ކޮންމެ ޕްރޮވިންސެއްގައި ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީ އާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 52،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ތުރުކީގެ ދެ ލައްކައަށްވުރެ ގިނަ އިމާރާތް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
