ތުރުކީއަށް އަނެއްކާ ވެސް ބާރުގަދަ ދެ ބިންހެލުން

ތުރުކީއަށް އަނެއްކާ ވެސް ބާރުގަދަ ދެ ބިންހެލުން
ލިޔުން:
މިމަހުގެ ހަވަނަ ދުވަހު ތުރުކީއަށާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެތައް ހާސް އިމާރާތެއް ބިމާ ހަމަވެ، 44،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް ރޭ އެގައުމަށް އަނެއްކާ ވެސް ދެ ބިންހެލުމެއް އަތުވެއްޖެ އެވެ.
ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ އެގައުމުގެ ހަޓައި ޕްރޮވިންސަށް ރޭ އައި ފުރަތަމަ ބިންހެލުން އައީ ރިކްޓާ މިންގަނޑުން 6.4 ގެ ބާރުމިނުގައި ކަމަށާއި އޭގެ އިރުކޮޅެއް ފަހުން 5.8ގެ ބާރު މިނުގައި ދެވަނަ ބިންހެލުމެއް އައި ކަމަށާއި އެ ދެ ބިން ހެލުމުގެ ސަބަބުން ތިން މީހުން މަރުވެ، 200 މީހުން ޒަހަމްވި ކަމަށެވެ. ކުރިން އައި ބާރުގަދަ ބިންހެލުންތަކުގައި ގެއްލުންވެފައިވާ އެތައްް އިމާރާތެއް ރޭގެ ބިންހެލުންތަކުގައި ވެއްޓި، އެ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ރޭ އައި ބިންހެލުންތަކުގައި ސޫރިޔާއިން ވެސް ހަ މީހަކު ޒަހަމްވި އެވެ.
ބިންހެލުންތަކުގެ ކަންތައްތައް ދިރާސާކުރާ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ދެ ބިން ހެލުމަކީ ވެސް ކުރިން އައި ބާރުގަދަ ބިންހެލުުންތަކާ ގުޅިގެން އާފްޓަ ޝޮކްގެ ގޮތުގައި އައި ލޮޅުންތަކެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
