ތުރުކީއާއި ސޫރިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް 600 އަށް ވުރެ ގިނަމީހުން މަރުވެއްޖެ

ތުރުކީއާއި ސޫރިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް 600 އަށް ވުރެ ގިނަމީހުން މަރުވެއްޖެ
ލިޔުން:
ތުރުކީއާއި އެގައުމާ އިންވެގެން އޮންނަ ސީރިއާއަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި ދެގައުމުން 600 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
އަލްޖަޒީރާ ބުނީ ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ތުރުކީން 284 މީހުން އަދި ސޫރިޔާއިން 384 މީހުން މަރުވެފައިވާ ކަމަށެވެ. ޒަހަމްވީ މީހުންގެ އަދަދު 2،000 އަށް ވުރެ މަތިވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާންގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ، ބިންހެލުމުގައި އެގައުމުން 1700 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ.
ބިންހެލުމުގައި ފުނޑުފުނޑުވި އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ތާށިވެފައި ވާނެ ކަމަށް ބެލެވޭ އިރު މަރުވި މީހުންގެ އަދަދު އަތި އެތައް ގުނަ އައަކަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ކަމާ ބެހޭ މާހިރުން ލަފާކުރާ ގޮތޮަގައި އެހާ ބާރުގަދަ ބިންހެލުމަކަށް ފަހު އަންނަ "އާފްޓަ ޝޮކް" އެތައް ދުވަހެއް ވަންދެން އައުމަކީ އެކަށީގެންވާ ކަމެކެވެ.
ބިން ހެލުން އައުމުގެ ކުރިން ވެސް ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ސުންނާފަތިވެފައިވާ ސޫރިޔާގައި އެހީދޭ ޖަމާއަތްތަކުން ބައިނަލް އަގުވާމީ ނިއުސްއެޖެންސީތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެގައުމުގެ ހޮސްޕިޓަލްތައް ޒަހަމްވީ މީހުންނައިގެން ފުރި، ހިދުމަތްތަކަށް ވަނީ ބުރޫ އަރައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
