މާލެ: 31°C

ޓާބިއުލެންސް އިތުރުވެ ބައެއް ސަރަހައްދުތަކުން ފުލްއިޓް ތަކަށް ދަތުރުކުރަން އުނދަގޫ ވެދާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފި

May 21, 2024
2 ފަހަރު ބަލާފައި
ޓާބިއުލެންސް އިތުރުވެ ބައެއް ސަރަހައްދުތަކުން ފުލްއިޓް ތަކަށް ދަތުރުކުރަން އުނދަގޫ ވެދާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފި
ޓާބިއުލެންސް އިތުރުވެ ބައެއް ސަރަހައްދުތަކުން ފުލްއިޓް ތަކަށް ދަތުރުކުރަން އުނދަގޫ ވެދާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފި
މިމަހުގެ 20 ވަނަދުވަހު ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ސިންގަޕޯރ އެއާލައިންގެ ފުލައިޓް ބޯ ވިލާގަނޑެއްގައި ޖެހި ދިމާވި ޓާބިއުލެންސްގައި މީހަކު މަރުވެ 30 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުމާގުޅިގެން ތައިލެންޑް އެއާޕޯޓަކަށް އެމާރޖެންސީގައި ފުލެއިޓް ވަނީ ޖައްސާފައެވެ. މީގެ ކުރިން ބޯވިލާގަނޑުގެ ތެރޭގައި ފުލައިޓް ތަކަށް ދިމާވާ ޓާބިއުލެންސް ތަކުގައި ސީރިއަސް އަނިޔާތައް ފަސެންޖަރުންނަށް ލިބިފައިވާލެއް މަދުނަމަވެސް ފަހަކަށް އައިސް އެފަދަ ހާދިސާތައް ވަރަށްބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން ފަހުގެ ތާރީހުތަކުގައި ހިނގާފައިފާ އެފަދަ ބޮޑެތި ހާދިސާތަކުގެ ތެރޭގައި ޖުލައި 2023 ގައި ހަވާއިއަން އެއާލައިންގެ ފުލައިޓެއް އޮސްޓްރޭލިއާގެ ސިޑްނީއަށް ކުރި ދަތުރެއްގައި ދިމާވި ހާދިސާގައި 3 ޕަސެންޖަރަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އަދި އެ ފުލައިޓްގެ މަތީ ސީލިންގުން ބާގަނޑެއް ހެދި އޮކްސިޖަން މާސްކުތައް ފައިބާފައިވެއެވެ. އަދި މާރޗް 2023 ގައި އޮސްޓިން އިން ފްރެންކްފާޓް އަށް ދަތުރުކުރި ލުފްތަންސާ ގެ ފުލައިޓަކަށް ދިމާވި އެފަދަ ހާދިސާއެއްގައި 7 ޕަސިންޖަރުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. މީގެ އިތުރުން ހަމަ އެމަސްތެރޭގައި މެންޗެސްޓަރ އަށް ދަތުރުކުރަމުންދިޔަ ޓުއީ އެއާލައިންގެ ފުލައިޓަކަށް ދިމާވި ހާދިސާގައި ފްލައިޓް ވަނީ މިޑްލޭންޑް އަށް އެމަރޖެންސީގައި ޖައްސާފައެވެއެ. އަދި އެ ފުލައިޓުން ދަތުރުކުރި ޕަސެންޖަރުންނަށް ވަނީ ކައުންސެލިންގ ފޯރުކޮށްދީފައެވެ. ޑިސެންބަރ 2022 ގައިވެސް އެފަދަ ބޮޑު ހާދިސާއެއްވަނީ ހިނގާފައެވެ. އެ ހާދިސާގައި ހަވާއީ އިން ފީނިކްސް އަށް ދަތުރުކުރި ފުލައިޓްގައި ތިބި 6 ޕަސެންޖަރަކަށް ނުރައްކާތެރި އަނިޔާތަކެއްލިބިފައެވެ. އިނގިރޭސިވިލާތުގެ ރެޑިންގ ޔުނިވަރސިޓީގެ ސައިންސްވެރިން ގެ ޓީމަކުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން 2050 ވަނަ އަހަރުން ފެށިގެން 2080 ވަނަ އަހަރާ ހަމައަށް ފުލައިޓަތަކަށް އާދަޔާ ހިލާފު ޓާބިއުލެންސްތަކާ ކުރިމަތިލާންޖެހޭނެއެވެ. ޕްރޮފެސަރ ޕޯލް ވިލިއަމްސް އިސްވެ ހުންނަވާ ކޮށްފައިވާ އެ ދިރާސާގައި ބުނާގޮތުން ވިލާގަނޑު ނެތް ސަރަޙައްދު ތަކުގައިވެސް ފުލައިޓް ތަކަށް ޓާބިއުލެންސް ގެ ހާދިސާތަކާ ކުރިމަތިލާންޖެހޭނެއެވެ. އެގޮތަށް އެ ދިމާވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖައްވުގެ ތެރޭގައި ވައި ދައުރުވާގޮތުގައި އެއް ހަމައެއް ނެތުމާއި ވައިގެ ބާރު ގަދަ ހިސާބުތައް ޖައްވުތެރޭގައި އުފެދުމާގުޅިގެންނެވެ. އެހެންކަމުން ޖައްވު ސާފުކޮށް އޮންނަ އިރުވެސް އެފަދަ ސަރަޙައްދުތައް ދެނެ ނުގަނެވޭނެކަމަށް އެޓީމުން ބުނެފައިވެއެވެ. މި ސަބަބަށްޓަކައި މުސްތަގުމަބަލުގައި ބައެއް ސަރަޙައްދުތަކުން ފުލައިޓްތަކަށް ދަތުރުކުރުމަކީ އުނަދަގޫ ކަމެއްކަމުގައިވެގެންދާނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ