މާލެ: 31°C

ޓިއުނީޝިޔާގެ އިދިކޮޅު ލީޑަރު ޖަލަށްލައިފި

May 16, 2023
2 ފަހަރު ބަލާފައި
ޓިއުނީޝިޔާގެ އިދިކޮޅު ލީޑަރު ޖަލަށްލައިފި
ޓިއުނީޝިޔާގެ އިދިކޮޅު ލީޑަރު ޖަލަށްލައިފި
ޣައިރު ހާޒިރުގައި، ޓިއުނީޝިއާގެ އިދިކޮޅު ލީޑަރު ރާޗްޑް ގަންނޫޗީގެ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ. ޓިއުނީޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޖަލަށް ލުމުގެ އިތުރަށް 326 ޑޮލަރުން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ. ފެބްރުއަރީ މަހު ގަންނޫޗީ ހައްޔަރުކުރީ، ދައުލަތުގެ ބާރުތަކާއި ދެކޮޅަށް ހަރަކާތްތައް ހިންގަން ހިތްވަރު ދިނުމުގެ ކުށުގައެވެ. ފުލުހުންނަކީ އަނިޔާވެރިންތަކެއް ކަމަށް ބުނި ކަމުގެ ތުހުމަތުތަކެއްވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެެވެ. ވާތުފިޔައިގެ އަދި "އިސްލާމިސްޓުން" ދެކޮޅު ޖަމާއަތްތައް ނައްތާލުމަށް ސަރުކާރުން މަސައްކަތްކޮށްފިނަމަ ދާހިލީ ހަނގުރާމައެއް އުފެދިދާނެ ކަމުގެ އިންޒާރު ވެސް ގަންނޫޗީ ވަނީ ދީފައެވެ. ގަންނޫޗީ އަކީ ޕާލަމެންޓުގެ ކުރީގެ ރައީސްގެ އިތުރުން އަދި އިސްލާމިސްޓު އެންނަހްދާ ޕާޓީގެ ލީޑަރެކެވެ. ރައީސް ކައިސް ސައީދު، 2021 ވަނަ އަހަރުގެ ޖުލައި މަހު ޗެމްބަރު އުވާލުމުގެ ކުރިން ޕާލަމެންޓުގައި އޮތް އެންމެ ބޮޑު ޕާޓީއަކީ އެނަހްދާއެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސަރުކާރުން ހައްޔަރުކޮށްފައިވާ އިދިކޮޅަށް ނިސްބަތްވާ މީހުންގެ އަދަދި ވަނީ 20 އަށް އަރާފައެވެ. 2021 ވަނަ އަހަރު ޓިއުނީޝިއާގެ ޕާލަމެންޓު ސަސްޕެންޑް ކުރި ފަހުން ފުރަތަމަ ދައުރު ބާއްވާފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ