ޓްރަމްޕް ދަތުރުކުރެއްވި ޖެޓަށް ޓެކްނިކަލް މައްސަލައެއްދިމާވެ ކުއްލިހާލަތުގައި ޖައްސައިފި

ޓްރަމްޕް ދަތުރުކުރެއްވި ޖެޓަށް ޓެކްނިކަލް މައްސަލައެއްދިމާވެ ކުއްލިހާލަތުގައި ޖައްސައިފި
ލިޔުން:
އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނާޑް ޓްރަމްޕް ދަތުރުކުރެއްވި ޖެޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ކުއްލިހާލަތުގައި ޖައްސައިފިއެވެ.
މިއަހަރު ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޑޮނާޑް ޓްރަމްޕް ކެންޕެއިން ރެލީއަކަށް މޮންޓާނާގެ ބޮޒެމަން އެއާޕޯޓަށް ދަތުރުކުރެއްވި ޖެޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާއެކު އެވަގުތު އެއްމެ ކައިރީގައިއޮތް މޮންޓާނާގެ ބިލިން އެއާޕޯޓަށް ރައްކާތެރިކަމާއެކު ޖައްސާފައިވާކަމަށް ޓްރަމްޕްގެ ކެމްޕެއިން ތަރުޖަމާނުބުނެފިއެވެ. ޓްރަމްޕް ބޭނުންފުޅުކުރައްވާ ބޮއިންގ 200-757 މަރުކާގެ ޖެޓަކީ އެމަނިކުފާނު ގެ އަމިއްލަ އެއާކުރާފްޓެކެވެ.
ޓްރަމްފް ދަތުރުކުރެއްވި ޖެޓަށް ދިމާވި މައްސަލާގެ އިތުރު ތަފްސީލެއް ޓްރަމްޕްގެ ފަރާތުން ހާމަ ނުކުރި ނަމަވެސް އެ ޖެޓަށް ދިމާވި މައްސަލައަކީ ސެކިއުރީ އާއި ގުޅުންހުރި މައްސަލައެއްނޫންކަމަށް އެމެރިކާގެ ސީކުރެޓް ސާވިސް އިން ވަނީ ހާމަކޮށްފައެވެ.
ޖުލައިމަހުގެ 13 ވަނަ ދުވަހު އެމެރިކާކެ ޕެންސިލްވޭނިއާގައި ޓްރަމްޕް ކެމްޕެއިން ރެލީއެއްގައި ވަހަކަދައްކަވަން ހުންނަވަނިކޮށް ދިން ބަޑީގެ ހަމަލާއަށްފަހު ޓްރަމްޕުގެ ސަލާމަތީ ކަންކަން ވަރަށްބޮޑަށް ވަނީ ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
