މާލެ: 31°C

ޓްރަމްޕް މިފަހަރު ހުވާކުރެއްވީ ބައިބަލް ގައި އަތް ނުލައި

January 21, 2025
356 ފަހަރު ބަލާފައި
ޓްރަމްޕް މިފަހަރު ހުވާކުރެއްވީ ބައިބަލް ގައި އަތް ނުލައި
އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ހޯމަ ދުވަހު (ޖެނުއަރީ 20) ކުރެއްވި ޑޮނަލްޑް ޓްރަމްޕް މަގާމުގެ ހުވާ ކުރެއްވުމުގައި ބައިބަލުގައި އަތް އަޅުއްވާފައެއް ނުވެއެވެ.

އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ހޯމަ ދުވަހު (ޖެނުއަރީ 20) ކުރެއްވި ޑޮނަލްޑް ޓްރަމްޕް މަގާމުގެ ހުވާ ކުރެއްވުމުގައި ބައިބަލުގައި އަތް އަޅުއްވާފައެއް ނުވެއެވެ.  

ނަމަވެސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެލާނި ޓްރަމްޕް ގެ އަރިހުގައި ހުއްޓިވަޑައިގެން ހުންނެވީ 1955 ވަނަ އަހަރު އޓްރަމްޕްގެ މަންމާފުޅު ދެއްވި ބައިބަލާއި 1861 ވަނަ އަހަރު އަބްރަހަމް ލިންކަން ހުވާކުރެއްވުމަށް ބޭނުންކުރެއްވި ދެ ބައިބަލެއް ހިފައިގެންނެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވާ ވަގުތު މީގެ ކުރީގެ ރައީސުން ހުންނަވަނީ ވާއަތް ބައިލް މަތީ ބާއްވައިގެން ކަނާއަތް ހިލްލަވައިގެންނެވެ. އަދި މީގެ 8 އަހަރު ކުރިން (20 ޖެނުއަރީ 2017 ގައި) އެމެރިކާގެ 45 ވަނަ ރައީސް ކަމުގެ ހުވާ ޓްރަމްޕް ކުރެއްވިއިރު ހުންނެވީ ބައިބަލް މަތީގައި އަތް އަޅައިގެންނެވެ.

ހުވާކުރުމުގެ ޝަރުތުތައް އެމެރިކާގެ ގާނޫނު އަސާސީގައި ހިމަނާފައެއް ނުވެ އެވެ. ބައިބަލްގައި އަތް އެޅުމަކީ ހުރިހާ ރައީސުން ވެސް އާންމު ކޮށް ކުރާ ކަމެއް ނަމަވެސް އެއީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ނޫނެވެ. ތާރރީހުން އެނގޭ ގޮތުގައި ހުވާ ކުރުރައްވާއިރު ބައިބަލް ގައި އަތްލުމުގެ އާދަ އެއްމެ ފުރަތަމަ ފެށިފައިވަނީ ޖޯޖް ވޮޝިންޓަން އެމެރިކާގެ ހުވާ ކުރެއްވުމާ ހަމައިންނެވެ. ނަމަވެސް ޓެޑީ ރޫޒްވެލްޓް އެޑަމްސް ވަނީ އެ އާދަ ދޫކޮށްލާފަ އެވެ. އަދި އޭގެ ފަހުން މިހާތަނަށް ހުވާކުރެއްވި އެމެރިކާގެ ހުރިހާ ރައީސުންވެސް ބައިބަލް ގައި އަތްލާފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ