މާލެ: 31°C

ޓްރަމްޕް ގެ ސިޔާސަތަށް ތާއިދުނުކުރާ ފަތާތަށް ވަޒީފާއިން ވަކިކުރުމަށްޓަކައި، 8 މަހުގެ މުސާރަ އާއެކު އިސްތިއުފާ ދިނުމުގެ ފުރުސަތު އަންނަ މަހުގެ 6 ގެ ނިއަލަށް 

January 29, 2025
222 ފަހަރު ބަލާފައި
ޓްރަމްޕް ގެ ސިޔާސަތަށް ތާއިދުނުކުރާ ފަތާތަށް ވަޒީފާއިން ވަކިކުރުމަށްޓަކައި، 8 މަހުގެ މުސާރަ އާއެކު އިސްތިއުފާ ދިނުމުގެ ފުރުސަތު އަންނަ މަހުގެ 6 ގެ ނިއަލަށް 
އެމެރިކާގެ ސަރުކާރު މުވައްޒަފުން މަދުކުރުމަށް ކަމަށްބުނެ ޓްރަމްޕް ގެ ސިޔާސަތަށް ތާއިދުނުކުރާ ފަތާތަށް ވަޒީފާއިން ބޭރުކުރުމަށްޓަކައި 2 މިލިއަން މުވައްޒަފުންނަށް 8 މަހުގެ މުސާރަ އާއެކު އަންނަ މަހުގެ 6 ގެ ނިއަލަށް އިސްތިއުފާ ދިނުމުގެ ފުރުސަތުދީފިކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.  

އެމެރިކާގެ ސަރުކާރު މުވައްޒަފުން މަދުކުރުމަށް ކަމަށްބުނެ ޓްރަމްޕް ގެ ސިޔާސަތަށް ތާއިދުނުކުރާ ފަތާތަށް ވަޒީފާއިން ބޭރުކުރުމަށްޓަކައި 2 މިލިއަން މުވައްޒަފުންނަށް 8 މަހުގެ މުސާރަ އާއެކު އަންނަ މަހުގެ 6 ގެ ނިއަލަށް އިސްތިއުފާ ދިނުމުގެ ފުރުސަތުދީފިކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.  

އެގޮތުން 2 މިލިއަނެއްހާ ފެޑެރެލް މުވައްޒަފުންނަށް އިއްޔެ ފޮނުވި މެއިލެއްގައި ބުނެފައި ވަނީ ސަރުކާރުގެ ވަޒީފާތަކުގައި ދެމިތިބެން ބޭނުންވާ މުވައްޒަފުން އަންނަ މަހުގެ 6 ގެ ކުރިން އެކަން އަންގައި ދިނުމަށް ކަމަށާއި، އަދި ވަޒީފާ ދޫކޮށްލަން ބޭނުންވާ މީހުންނަށް އަބުރުވެރިކަމާ އެކު ވަޒީފާ ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށާއި އެފަދަ މުވައްޒަފުންނަށް ސެވަރެންސް ޕެކޭޖެއްގެ ގޮތުގައި 8 މަހުގެ މުސާރަ ދޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ޓްރަމްޕްގެ ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި މުވައްޒަފުންނަށް މި ދިން ފުރުސަތުގެ ބޭނުން ގާތްގަނޑަކަށް މުވައްޒަފުންގެ 10 ޕަސެންޓް ނުވަތަ 200،000 އެއްހާ މުވައްޒަފުން ގަބޫލުކުރާނެ އެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން 100 ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ.

ފެޑެރަލް ނުވަތަ މަދަނީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެޖެންސީ ކަމަށްވާ އޮފީސް އޮފް ޕާސަނަލް މެނޭޖްމަންޓުން އިއްޔެ މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ އީމެއިލްއެއްގެ ސަބްޖެކްޓް ލައިންގައި "އިސްތިއުފާ" މި ލަފުޒު ޓައިޕްކޮށް، ހިޓިން ސެންޑް ޖަހައިގެން މުވައްޒަފުންނަށް މަގާމު ދޫކޮށް ދިއުމުގެ ފުރުސަތު ދީފައިވާކަމަށާއި، އަދި އެ ހުށަހެޅުން ބަލައިގަތުމަށް މަސައްކަތްތެރިންނަށް ފެބްރުއަރީ މަހުގެ 6 ދުވަހާ ހަމައަށް ފުރުސަތު ދީފައިވާ ކަމަށެވެ.

"ފޯކް އިން ދަ ރޯޑް" ގެ ސަބްޖެކްޓް ލައިން ހިމެނޭ މި އީމެއިލްގައި ބުނެފައި ވަނީ ފެޑެރަލް އެޖެންސީތަކުގެ މެޖޯރިޓީ ޑައުންސައިޒް ވާނެ ކަމަށާއި ގިނަ އަދަދެއްގެ މުވައްޒަފުން "އެޓް ވިލް ސްޓޭޓަސް" އަށް ބަދަލުކޮށް ނުވަތަ އަލުން ގިންތި ކުރެވިގެންދާނެ ކަމަށެވެ. ރިމޯޓްކޮށް މަސައްކަތް ކުރަމުން އަންނަ ގިނަ މީހުން ހަފުތާއަކު ފަސް ދުވަހު އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ބައެއް ފިޒިކަލް އޮފީސްތައް އެހެން ތަނަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް އީމެއިލްގައި ވެއެވެ.

އަދި މަސައްކަތްތެރިންނަކީ "އިތުބާރު ހިފޭ، ވަފާތެރި، އިތުބާރު ކުރެވޭ" ބަޔަކަށް ހެދުމަށް "އަހުލާގުގެ މިންގަނޑުތައް ހަރުދަނާ" ކުރާނެ ކަމަށާއި "މި ދަނޑިވަޅުގައި ތިޔަބޭފުޅުންގެ މަގާމު ނުވަތަ އެޖެންސީގެ ޔަގީންކަމާ މެދު ފުރިހަމަ ޔަގީންކަމެއް ދެވެން ނެތް" ކަމުގެ އިންޒާރު ވެސް އެ މެސެޖުގައި ވަނީ ދީފަ އެވެ.

އެމެރިކާގެ ސަރުކާރު މުވައްޒަފުންނަށް ފޮނުވާފައިމިވާ އީމެއިލް އަކީ ޓްރަމްޕްގެ އެކުވެރިއެއްގެ ގޮތުގައި ހުންނެވި ބިލިއަނަރު އީލޮން މަސްކް 2022 ވަނަ އަހަރުގެ ފަހުކޮޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް ގަތުމަށްފަހު ޓްވިޓާގެ މުވައްޒަފުންނަށްވެސް ފޮނުއްވި ފަދަ އީމެއިލް އެކެވެ. މަސްކްގެ އީމެއިލްގައިވެސް އެއް ސަބްޖެކްޓް ލައިންއެއް ހިއްސާކޮށް މުވައްޒަފުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ