މާލެ: 31°C

ޣައްޒާ އަކީ "ޓްރަމްޕް ޣައްޒާ" ކަމަށް ބުނެ ވީޑިއޯއެއް، "ދަ ޑީލް އިޒް ޑަން" ޓްރަމްޕްގެ އިންސްޓަގްރަމުގައި ހިއްސާކޮށްފި

February 27, 2025
462 ފަހަރު ބަލާފައި
ޣައްޒާ އަކީ "ޓްރަމްޕް ޣައްޒާ" ކަމަށް ބުނެ ވީޑިއޯއެއް، "ދަ ޑީލް އިޒް ޑަން" ޓްރަމްޕްގެ އިންސްޓަގްރަމުގައި ހިއްސާކޮށްފި
ޣައްޒާ އަކީ "ޓްރަމްޕް ޣައްޒާ" ކަމަށް ބުނެ ޣައްޒާގެ ތަސައްވަރު ދައްކުވައިދޭ "ދަ ޑީލް އިޒް ޑަން" ވީޑިއޯއެއް ޓްރަމްޕްގެ އިންސްޓަގްރަމުގައި ހިއްސާކޮށްފި އެވެ. 

ޣައްޒާ އަކީ "ޓްރަމްޕް ޣައްޒާ" ކަމަށް ބުނެ ޣައްޒާގެ ތަސައްވަރު ދައްކުވައިދޭ ވީޑިއޯއެއް، "ދަ ޑީލް އިޒް ޑަން" ޓްރަމްޕްގެ އިންސްޓަގްރަމުގައި ހިއްސާކޮށްފި އެވެ. 

ޣައްޒާއިން މީހުން ހުސްކޮށް އެތަނަކީ ރިސޯޓް މަންޒިލަކަށް ހައްދަވާނެކަމަށް ބުނަމުންގެންދަވާ އެމެރިކާގެ ރައީސް ޓްރަމްޕް އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ގައްޔާއި އެމަނިކުފާނުގެ އިންސްޓަގްރަމް އެކައުންޓުގައި ޣައްޒާ އަކީ އެމެރިކާގެ ލޮސްއެންޖެލިސް ފަދަ ކުޅިވަރާ މަޖަލުގެ ރިސޯޓެއް ގޮތުގައި ދައްކުވައިދޭ 33 ސިކުންތުގެ ވީޑިއޯއެއް ވަނީ ހިއްސާކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕޫލެއް ކައިރީގައި ސަންބެޑް ގައި އޮންނަވާ މަންޒަރާއި، ފިރިހެނުން އަންހެން ހެދުން އަޅައިގެން ނަށާ މަންޒަރާއި އަދި ޓްރަމްޕްގެ ވަރަށް ބޮޑު ބުދެއް ޣައްޒާ ގެ މެދުގައި ހުންނަ ތަނެވެ. އޭގެ އިތުރުން ވީޑިއޯ ނިމޭ ހިސާބުން އީލޮން މަސްކް "ފައިސާގެ ވާރޭ" ތެރޭ ހިންގަވާ ތަންވެސް ދައްކުވާދީފައިވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ޝެއާ ކޮށްފައިވާ އެ ވީޑިއޯގައި ލާފައިވާ ލަވައަކީ "ޑޮނަލްޑް ކަމިން ޓު ސެޓް ޔޫ ފްރީ، ބްރިންގިންގ ދަ ލައިޓް ފޯރ އޯލް ޓު ސީ" އަދި "ޕީސް އެންޑް ޑާންސް، ދަ ޑީލް އިޒް ޑަން، ޓްރަމްޕް ޣައްޒާ ނަމްބަރ ވަން" އެވެ.

ޓްރަމްޕްގެ އެ ވީޑިއޯ އެތަށް މިލިޔަން މީހުން ބަލާފައިވާއިރު ދުނިޔޭގެ ބޮޑެތި ހަބަރުފަތުރާ އޭޖެންސީތަކުން އެ ވީޑިއޯ ގުޅޭގޮތުން ތަފާތު ރިޕޯޓްތައް ދަނީ ގެނެސްދެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ