މާލެ: 31°C

ޓްރަމްޕްގެ މައްޗައް އުފުލި 34 ދައުވާ ސާބިތުވެއްޖެ

May 31, 2024
2 ފަހަރު ބަލާފައި
ޓްރަމްޕްގެ މައްޗައް އުފުލި 34 ދައުވާ ސާބިތުވެއްޖެ
ޓްރަމްޕްގެ މައްޗައް އުފުލި 34 ދައުވާ ސާބިތުވެއްޖެ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ 34 ދައުވާ ސާބިތުވެއްޖެ އެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގެ ދުވަސްވަރު ސްޓޯރމީ ޑެނިއަލް ކިޔާ އަންހެނަކާއެކު ޖިންސީގުޅުން ހިންގުމަށްފަހު އެކަން ސިއްރުކުރުމަށް ފައިސާ ދިން މައްސަލަ އަކާއި، ވިޔާފާރީގެ ލިޔެކިޔުން ތަކެއް އޮޅުވާލި މައްސަލައެއްގައި ޓްރަންޕްގެ މައްޗަށް އުފުލާފައިވާ 34 ދައުވާ ސާބިތުވާކަމަށް އެމެރިކާގެ ނިއުޔޯކުގެ ކޯޓުން ކަނޑައަޅައިފިއެވެ. މި މައްސަލަތަކާ ގުޅޭ ގޮތުން ޓްރންޕްގެ މައްޗަށް  ކުށް ސާބިތުވާ ކަމަށް ކަނޑައެޅިނަމަވެސް އެ މައްސަލަގައި އަދަބު އަދި ކަނޑައަޅާފައި ނުވެއެވެ. މި މައްސަލަތައް ޓްރަންޕްގެ މައްޗަށް ސާބިތުވުމުން  4 މަސް ދުވަހުގެ ޕްރޮބޭޝަނުން ފެށިގެން 4 އަހަރު ދުވަުގެ ޖަލު ހުކުމެއްގެ އަދަބު އައިސްދާނެކަމަށް ބެލެވެއެވެ. ޓްރަންޕުގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަށް އަދަބު ކަނޑައެޅުން އޮތީ މިއަންނަ ޖުލައި 11 ވަނަ ދުވަހުއެވެ. މި ދައުވާތަކާ ގުޅިގެން ޓްރަންޕުގެ މައްޗަށް ޖަލު ހުކުމެއް އައިސްފިނަމަ މިއަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ގެއްލިގެންދާނެއެވެ. އެހެން ނަމަވެސް ގިނަ ޤާނޫނީ މާހިރުން ލަފާކުރާ ގޮތުން، މި މައްސަލަތަކާ ގުޅިގެން ޓްރަންްޕްގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުން އެއީ ނާދިރުކަމެކެވެ. މިއަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާއްދަކުރައްވާ ކެނޑިޓޭޓަކީ ޑޮނަލްޑް ޓްރަންޕް އެވެ، އެހެންކަމުން ޖުލައި މަހުގެ 15 އިން އެމަހުގެ 18 އަށް ބާއްވާ އެޕާޓީގެ ކޮންވެންޝަން ގައި ޓްރަންޕްއަށް ރިޔާސީ ޓިކެޓް ރަސްމީކޮށް ޙަވާލުކުރުމަށް ވަނީ ތައްޔާރުވެފައެވެ. ޓްރަންޕްގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވުމުން މިކަން ވެގެން ގޮސްފައިވަނީ އެމެރިކާގެ ގާތްގަނޑަކަށް 250 އަހަރުގެ ތާރީހުގައި އެމެރިކާގެ ރައީސެއްގެ މައްޗަށް ޖިނާއީ ޝަރީއަތެއް ކުރެވި ކުށް ސާބިތުވި ފުރަތަމަ ފަހަރުކަމުގައެވެ. ޓްރަންޕްގެ މައްޗަށް އުފުލާފައިވާ 34 ދައުވާއަށް ވެސް އެމަނިކުފާނު ވަނީ އިންކާރުކުރައްވާފައެވެ އެވެ. އަދި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްކަމަށެވެ. ޝަރީއަތާ ގުޅޭ ގޮތުން އާންމުކޮށް ވާހަކަ ދެއްކުން ޓްރަމްޕަށް މަނާކުރި ނަމަވެސް، އެކަން ޓަރންޕް ހުއްޓާނުލުމުން މީގެ ކުރިން އެމަނިކުފާނު ވަނީ ކޯޓުގެ އުސޫލުތަކާ ޙިލާފުވުމުން 10،000 ޑޮލަރުން ޖޫރިމަނާކޮށަފައެވެ، އަދި އިތުރަށް ގަވާއިދާ ހިލާފުވާނަމަ ޖަލު ހުކުމެއް އަތުވެދާނެ ކަމުގެ އިންޒާރު ދީ، އެފަދަ އަމުރެއް ދޭން ބޭނުން ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ