ތުރުކީން ގެސްޓްރިކް ބައިޕާސް ސާޖަރީ ހަދައިގެން އިނގިރޭސިވިލާތުގެ އަންހެނަކު 95 ކިލޯ ލުއިކޮށްލައިފި

ތުރުކީން ގެސްޓްރިކް ބައިޕާސް ސާޖަރީ ހަދައިގެން އިނގިރޭސިވިލާތުގެ އަންހެނަކު 95 ކިލޯ ލުއިކޮށްލައިފި
ލިޔުން:
އިނގިރޭސިވިލާތުގެ އަންހެނަކު ތުރުކީން ގެސްޓްރިކް ސާޖަރީއެއްހަދައި އޭނާގެ ބަރުދަނުން އަހަރެއްގެ ތެރޭގައި 95 ކިލޯ ލުއިކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ގްރާންތަމް ގެ ލިންކަންޝަޔާގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން އައި އުމުރުން 30 އަހަރުގެ ރޯޒީ ވިޓްނީ އަކީ އޭނާގެ ބަރުދަނުގައި 177 ކިލޯ ހުރި އަންހެނެކެވެ. އޭނާގެ މަސައްކަތުގެ 13 ގަޑިއިރުގެ ޝިފްޓްގައި ގިނަ ވަގުތު ފައިމައްޗަށް ކޮޅަށް ހުންނަށް އުނދަގޫވުމުން އޭނާ ދިޔައީ ހިކުމަށްޓަކައި ތަފާތު ކަންކަން ތަޖުރިބާ ކުރަމުންނެވެ.
ޑިއުޓީ ގައި އުޅޭވަގުތު އޭނާގެ ބޫޓު ބާލަންޖެހޭ ވަގުތުތަކުގައިވެސް އޭނާއަށް ޖެހެނީ އެހެން މީހެއްގެ އެހީތެރިކަން ހޯދާށެވެ. އެހެންކަމުން އޭނާއަށް ވިސްނުނީ އޭނާ ކޮންމެހެން ހަދައިފަވެސް ހިކެން ޖެހޭ ކަމަށްކަކަމަށް އޭނާ ބުނެފައިވެއެވެއެވެ.
އެހެންކަމުން ހިކުމަށްޓަކައި އެތައް އަހަރެއް ވަންދެން ޔޯ-ޔޯ ޑައިޓިން ނަގަމުން އައި ރޯޒީ ނިންމީ 5،500 ޑޮލަރަށް ތުރުކީން ކުރެވޭ ގެސްޓްރިކް ބައިޕާސް ސާޖަރީ ހެދުމަށް އެގައުމަށް ދާށެވެ.
ތުރުކީއަށް ގޮސް ސާޖަރީ ހެދުމަށްފަހު އަހަރެއްވީއިރު މިހާރު އޭނާގެ ބަރުދަނަކީ 82 ކިލޯއެވެ. ރޯޒީ ވަނީ އޭނާގެ ބަރުދަނުން 95 ކިލޯ ލުއިކޮށްލާފައެވެ.
ބަރުދަން ލުއިކޮށްލުމަށްފަހު ރޯޒީ ބުނީ މިހާރު އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި ވަޒާިފާގައި ދުވެލާފައި އުޅެން ޖެހުނަސް މިހާރު އޭނާއަށް އެކަން ކުރެވޭނެކަމަށެވެ.
މިހާރުގެ އޭނާގެ ޑިއުޓީއަށްފަހު ޖިމަށްގޮސް 5 ކިލޯމީޓަރ ދުވުމަކީ އޭނާގެ އާދައެއްކަމުގައިވެސް ރޯޒީ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
