މާލެ: 31°C

ފުލުހުންގެ ޗެކްޕޮއިންޓަކަށް މަޑުނުކުރި ޒުވާނަކު ފްރާނުސްގައި މަރާލައިފި

June 29, 2023
2 ފަހަރު ބަލާފައި
ފުލުހުންގެ ޗެކްޕޮއިންޓަކަށް މަޑުނުކުރި ޒުވާނަކު ފްރާނުސްގައި މަރާލައިފި
ފުލުހުންގެ ޗެކްޕޮއިންޓަކަށް މަޑުނުކުރި ޒުވާނަކު ފްރާނުސްގައި މަރާލައިފި
ފަރަންސޭސިވިލާތުގައި އުމުރުން 17 އަހަރުގެ ޑްރައިވަރަކަށް، ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 77 މީހަކު ހައްޔަރުކޮށްފިއެވެ. ނަހެލް އެމް ނަމަކަށް ކިޔާ އެ ޒުވާނާ މަރުވީ އުމުރުން ފުލުހުންގެ މަޑުކުރަން އެންގި އެންގުމަށް ބޯނުލަނބާ ދުއްވާލުން އުޅުމުން ފުލުހުން ބަޑި ޖެހުމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބުދަ ދުވަހު ޕެރިހުގައި ކާރުތަކުގައި ރޯކޮށްލާފައެވެ. އޭއެފްޕީން ބުނި ގޮތުގައި ހަމަނުޖެހުން ހިންގި މީހުން ވަނީ ފްރެސްނެސްގެ ޖަލަކަށް އަމާޒުކޮށް ބަޑިޖަހާފަވެ. ނަހެލް ނިސްބަތްވާ ޕެރިސްގެ އަވަށެއް ކަމަށްވާ ނަންޓެރޭގައި ހަމަނުޖެހުންތައް އިތުރުވެފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ޕޮލިސް ސްޓޭޝަންތަކަށް އަމާޒުކޮށް ބަޑި ޖަހާފައެވެ. ހުޅަނގުގެ އަވަށެއް ކަމަށްވާ ރެނެސްގައި މަރުވި ޒުވާނާގެ ހަނދާނުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން އެއްވިއެވެ. ބަޑި ޖެހި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ މިވަގުތު ހުރީ ފުލުހުންގެ ބަންދުގައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޮފިސަރުންނަށް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައް ފުޅާކޮށް 2017 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ފާޑުކިޔައިފިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ