މާލެ: 31°C

ތޫފާން ޑޮކްސޫރީގެ ބާރުގަދަވެ ފިލިޕީންސްގެ ބައެއް ސަަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

July 26, 2023
2 ފަހަރު ބަލާފައި
ތޫފާން ޑޮކްސޫރީގެ ބާރުގަދަވެ ފިލިޕީންސްގެ ބައެއް ސަަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
ތޫފާން ޑޮކްސޫރީގެ ބާރުގަދަވެ ފިލިޕީންސްގެ ބައެއް ސަަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
ބުދަ ދުވަހު ފިލިޕީންސްގެ އުތުރުގެ ސަރަހައްދަށް ތޫފާން ޑޮކްސޫރީ އަރާފައިވާއިރު، އެ ތޫފާނާއެކު ވައިގަދަވެ ބޯކޮށް ވާރޭ ވެހިފައިވެއެވެ. ތޫފާނުގެ ސަބަބުން ކޯރުތައް ފުރި، ކަރަންޓު ހިދުމަތް ކެނޑިފައިވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އުތުރު ކަގަޔަން ޕްރޮވިންސްގެ ގަވަރުނަރު މެނުއަލް މަމްބާ ރޮއިޓާސް އަށް ވިދާޅުވީ ، މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ފިލިޕީންސްގެ ކޯސްޓްގާޑުން ބުނީ ކަނޑުދަތުރުކުރުން މެދުކަނޑާލުމާ އެކު 4،000 އަށް ވުރެ ގިނަ ފަސިންޖަރުން އެ ގައުމުގެ އެކި ބަނދަރުތަކުގައި ތާށިވެފައިވާ ކަމަށެވެ. ފިލިޕީންސްގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ދިރިއުޅޭ އުތުރުގެ ރަށެއް ކަމަށްވާ ލޫޒޯންގެ ގިނަ ސަރަހައްދުތަކަކަށް ތޫފާނުގެ އިންޒާރު ދީފިއެވެ. އުދައެރުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އިތުރުން އުމްރާނީ ވަސީލަތްތަކަށް ގެއްލުންވާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. ފިލިޕީންސަށް އެވްރެޖްކޮށް 20 ތޫފާން އަރާއިރު، މި ތޫފާނަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމަކަށް މި އަހަރު އައި ފަސް ވަނަ ތޫފާނެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ތޫފާންތަކުގެ އަސަރު ގަދަވާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ