މާލެ: 31°C

ޖަޕާނުގައި ދެ މަތިންދާބޯޓު ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގައިފި

January 3, 2024
2 ފަހަރު ބަލާފައި
ޖަޕާނުގައި ދެ މަތިންދާބޯޓު ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގައިފި
ޖަޕާނުގައި ދެ މަތިންދާބޯޓު ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގައިފި
ޖަޕާން އެއާލައިންސްގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓަކާއި ޖަޕާނުގެ އަސްކަރީ މަތިންދާބޯޓެއް ޖެހި، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މީހުން މަރުވެއްޖެއެވެ. އެ ހާދިސާގައި މަރުވެފައި ވަނީ އަސްކަރީ، ކޯސްޓްގާޑްގެ މަތިންދާބޯޓުގައި ތިބި ހަ ފަޅުވެރިންގެ ތެރެއިން ފަސް މީހެކެވެ. ދެ ބޯޓު ޖެހުމާ އެކު ފަސިންޖަރުން އުފުލާ މަތިންދާބޯޓުގައި ރޯވެ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ނަމަވެސް، ބޯޓުގެ ތެރެއަށް ހުޅުގަނޑު ފެތުރުމުގެ ކުރިން އޭގައި ދަތުރުކުރި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ސަލާމަތް ކޮށްފައެވެ. އެ ބޯޓުގައި 379 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ. ކޯސްގާޑު މަތިންދަބޯޓަކީ، ޖަޕާނަށް އައި ބިންހެލުމާގުޅުގެން ހާލުގަ ޖެހުނު މީހުނަން އެހީތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރިވި ބޯޓެކެވެ. ދެ މަތިންދާބޯޓު އެކްސިޑެންޓުވި ވަޤުތު ޖަޕާން އެއާލައިންސްގެ މަތިންދާބޯޓުގައި ތިބި ބައެއް ފަސިންޖަރުން ވަނީ ސޯޝަލް މީޑިޔާގައި އެ ހާދިސާގެ ވީޑިޔޯތައް ޝާއިޢު ކޮށްފައެވެ. އެ ވީޑިޔޯތަކުން ފެންނަނީ މަތިންދާބޯޓުގެ ތެރޭގައި ދުން ބޯވަމުން ދިޔަ މަންޒަރެވެ. އަދި، ބައެއް ފަސިންޖަރުންގެ ހަޅޭކުގެ އަޑާ އެކު، އިވެކުއޭޝަން ސްލައިޑުން ފަސިންޖަރުން ފައިބާ މަންޒަރު ފެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ