ރައީސް ޔާމީން ރުޅިއައިސްގެން ހަމައިންނެއްޓިއިރު އަދީބުގެ ފަރާތުން ފެނުނީ މަޑުމައިތިރިކަން!

ރައީސް ޔާމީން ރުޅިއައިސްގެން ހަމައިންނެއްޓިއިރު އަދީބުގެ ފަރާތުން ފެނުނީ މަޑުމައިތިރިކަން!
ލިޔުން:
ރައީސް ޔާމީން ގެ ޝަރީއަތެއް 7 ޖޫން ވަނަ ދުވަހު 13 ގަޑިއިރަށް ކްރިމިނަލްކޯޓްގައި ކުރިއަށް ދިޔައިރު އޭގެ ތެރެއިން 7 ގަޑިއިރު ސުވާލުކުރެވުނީ ދައުލަތުގެ ހެކިވެރިއެއްގޮތުގައި ހާޒިރު ކުރެވިފައި އިން ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއިއެވެ.
ކެނޑިނޭޅި ތުހުމަތު ކުރެވޭ ތިން ފަރާތުންގެ ވަކީލުންނާއި އަދި ދައުލަތުން އަމާޒު ކުރި ސުވާލުތަކާއި ހުދު ރައީސް ޔާމީން އިސްވެ ކުރި ހުރިހާ ސުވާލުތަކަށް އަދީބު ޖަވާބު ދެއްވީ ވަރައްހަމަޖެހިގެން ވިސްނުންތެރިކަމާއި އިހުތިރާމާއި އެކުގައެވެ.
ރައީސް ޔާމީނުގެ ވަކީލުންނާއި އަދި ރައީސް ޔާމީން ވެސް މަސައްކަތް ކުރެއްވީ އަދީބު ރުޅިއަރުވާލާ އަދީބަކީ ރައީސް ޔާމީނަށް އަދާވާތްތެރި ހެއްކެއްގޮތުގައި ސާބިތު ކޮށް ދިނުމަށެވެ. ނަމަވެސް އަދީބު ބުނަމުން ދިޔައީ އޭނާ ހެކިބަސް މިދެނީ ކަންހިގައިދިޔަ ގޮތް އެނގިހުރި މިންވަރަކަށެވެ. އަދި މި ކޭސް ނިމިގެންދާގޮތުން އަދީބަށް ފައިދާއެއް އަދި ގެއްލުމެއްވެސް ނެތްކަމަށެވެ.
ތާރީޙަށް ބަލާލާ އިރު ރައީސް ޔާމީން އަދީބު ޖަލައްލާ އެތައް އަހަރެއް ވަންދެން އެކަހެރިކޮށް އެކަނި ޖަލުގައި ތަޅުލާފައިބޭއްވިއެވެ. އޭގެ ސަބަބުން އެތައް ސިއްހީ މައްސަލަތަކެއް ވަނީ ދިމާވެފައެވެ. ނަމަވެސް އަދީބު މީގެ ކުރީގެ ޝަރީއަތްތަކުގައިވެސް ބުނަމުން ދަނީ އޭނާގެ ހިތުގައި މިހާރު އެއްވެސް ކަމެއް އެއްވެސް ފަރާތަކާއި މެދު ނެތްކަމަށެވެ. އަދީބު ވަނީ ތައުބާވެ ރައްޔިތުންކައިރީ މާފަށް އެދިފައެވެ. އަދި ދައުލަތާއި އެއްބަސްވުން ހަދައިގެން ކުށްގަބޫލުކޮށް އޭގެ ޒިންމާނަގައި އެމައްސަލަކުގައި ދައުލަތަށް ދަނީ ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.
މާފްކުރުމާއި ހިތްތިރި ކަމަކީ ވަރަށް މަދުންނޫނީ ސިޔާސީ ފަރާތްތަކުން ފެންނަކަމެއްނޫނެވެ. އަދީބުގެ ގާތްމީހަކު ބުނިގޮތުގައި އަދީބު ޖަލުގައި ހުންނެވިއިރު ވަނީ ފަލްސަފާ އަދި ތާރީހީ އެތައްފޮތެއް ތިން އަހަރުތެރޭގައި ކިޔައިފައެވެ. މިހާރު ފެންނަ އަދީބަކީ ކުރީގެ އަދީބެއް ނޫނެވެ.
ރައީސް ޔާމީން އިންޒާރުދީ ޕީޕީއެމް ވެރިކަމަށް އަތުވެއްޖެޔާ ގޭގައި ހުރެވޭނެތޯ ސުވާލު ކުރުމުންވެސް އަދީބު ވިދާޅުވީ ޑޮކްޓަރުގެ ނިންމުންތަކަށް ޕީޕީއެމުންވެސް އިހުތިރާމް ކުރާނެކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އިންޒާރު ނިންމާލީ "އަދީބު އަށް ކިތަންމެ ޑޮކްޓަރަކު ލަފާދިނަސް 2015 އިން 2018 އަށް އެއްވެސް ލުޔެއް ޖަލުން ލިބުންތޯ އަދި އެކަމާއި ވިސްނުމަށް އިންޒާރުދީފައެވެ. އަދިބު އިނީ ރައީސް ޔާމީން މިހެން ބުނުމުން ވަރަށް ހެވިފައެވެ. އެހެނީ ކުޑަކުދިން ރުޅިއައީމާ އިންޒާރުދޭގޮތަށް ރައީސް ޔާމީން މީހެއްގެ ބޭސްފަރުވާ ހިފެހެއްޓި ވާހަކަ ފަހުރުވެރި ވެލާފައި ދެއްކުމުންނެވެ.
ސިޔާސީ ކަންތަކަކީ ޒާތީ ކަމެއް ނޫނެވެ. ސިޔާސީ ކަންތަކުގައި އުޅެންވާނީ ޖަލައްވެސް ލާފާނެ ކަމަށާއި އެކަންތައްތަކަށް ކެތްކުރެވެންޔާއެވެ. އަދީބު އަށް ރައީސް ޔާމީން ދައުރުގައި މަތިމައްޗަށް 33 އަހަރު ދުވަހުގެ ހުކުމް ކުރިއެވެ. ހުރިހާ ޝަރީއަތެއް ދެކުނީމެވެ. ނަމަވެސް އަނގައިންވެސް ނުބުނެ އޭނާ އިންނެވީ ވަކީލަށް ވާހަކަ ދައްކަން ފުރުސަތުދީފައެވެ. މީހާ ރުޅިގަދަވެ ތެދުވެ ޖަޒުބާތީ ވާހަކަ ތަކެއް ނުދައްކައެވެ. އެއްދުވަހު އަދީބު ބުނީ ހުކުމް މިހާރު އޮންނާނީ ލިޔެފައެއްނޫހޭ ދެން ހުކުމް އިއްވާލާށޭ އެވެ. އަދީބާއި ރައީސް ޔާމީނުގެ މެޗުއަރިޓީގެ ތަފާތު މިޝަރީއަތްތަކުން ދަނީ ފެންނަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
