ޑްރޯން ފެސިލިޓީއެއް ހަދަން އީރާނުން ރަޝިޔާއަށް އެހީތެރިވާ ކަމުގެ ތުހުމަތު

ޑްރޯން ފެސިލިޓީއެއް ހަދަން އީރާނުން ރަޝިޔާއަށް އެހީތެރިވާ ކަމުގެ ތުހުމަތު
ލިޔުން:
ރަޝިޔާ ކައިރީގައި ޑްރޯން އުފައްދާ ފެސިލިޓީއެއް ގާއިމުކުރުމަށް އީރާނުގެ ސަރުކާރުން ރަޝިއާއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކުރީކޮޅު އޮޕަރޭޝަން ފަށަން ހަމަޖެހިފައިވާ އެ ޕްލާންޓަށް އީރާނުން މެޓީރިއަލް ސަޕޯޓް ފޯރުކޮށްދީފައިވާ ކަމަށެވެ.
ޔޫކްރެއިން ގައި ރަޝިޔާއިން ހިނގަމުންދާ ހަނގުރާމައަށް އެހީތެރިވާން އީރާނުން އެތައް ސަތޭކަ ޑްރޯން ފޮނުވާފައިވާ ކަމަށްވެސް ވައިޓަހައުސް އިން ތުހުމަތު ކުރެއެވެ.
ކިރްބީ ވަނީ ފާއިތުވި ހަފުތާތަކުގައި ރަޝިޔާއިން ކިއެވްއަށް އަމާޒުކޮށް ޔޫކްރެއިންގެ އާބާދީއަށް ބިރުދެއްކުމަށް އީރާނުގެ ޔޫއޭވީތައް ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކިރްބީ ވިދާޅުވީ ރަޝިޔާ އާއި އީރާނާ ދެމެދު އަސްކަރީ ގުޅުން ބަދަހިވަމުން އަންނަ ތަން ފެންނަ ކަމަށެވެ.
އަދި ރަޝިޔާގެ ސަރަޙައްދުގެ ތެރެއިން އީރާނުގެ ޔޫއޭވީ އުފެއްދުމަށް ރަޝިޔާއިން އީރާނަށް އެއްބާރުލުން ދޭކަމުގެ ބިރު ވެސް އެބައޮތް ކަމަށެވެ.
ޔޫކްރޭނަށް އެންމެ ބޮޑަށް ތާއީދުކުރައްވާ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ރަޝިޔާގެ ތެރޭގައި ޑްރޯން އެސެމްބްލީ ލައިނެއް ގާއިމުކުރުމަށް އީރާނާއި ރަޝިއާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުން، މިހާރު ބެލެވޭ ގޮތުގައި އެ ޕްލާންޓް ހުންނަނީ މޮސްކޯގެ އިރުން އެތައް ސަތޭކަ މޭލު ދުރުގައި އޮންނަ އަލަބުގާ ސްޕެޝަލް އިކޮނޮމިކް ޒޯނުގައެވެ.
ފާއިތުވި އަހަރުތަކުގައި ރަޝިޔާ އާއި އީރާނުން ވަނީ ގުޅުން ބަދަހިކޮށް ހަތިޔާރު ވިއްކުން އިތުރުކޮށް، އިގްތިސާދީ ގޮތުން އެ ގައުމުތައް އެކަހެރި ކުރުމަށް އެމެރިކާ އިން އިސްނަގައިގެން ކުރާ މަސައްކަތްތަކާ ދެކޮޅަށް ސްޓްރެޓެޖީތަކެއް ހޯދާފައެވެ.
ނަމަވެސް ރަޝިޔާއިން ވަނީ އީރާނުން އުފެއްދި ޑްރޯންތައް ޔޫކްރެއިންގައި ބޭނުންކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އީރާނުން ރަޝިއާއަށް ޑްރޯން ފޮނުވި ކަމަށް އިއުތިރާފުވި ނަމަވެސް، އެއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ދިން ހަމަލާގެ ކުރިން ހިނގާފައިވާ ކަމެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
