މާލެ: 31°C

ވެއްޓުނު ފްލައިޓަކުން މަހަކަށް ވުރެ ގިނަ ދުވަސްފަހުން ހަތަރު ކުއްޖަކު ސަލަމާވެއްޖެ

June 10, 2023
2 ފަހަރު ބަލާފައި
ވެއްޓުނު ފްލައިޓަކުން މަހަކަށް ވުރެ ގިނަ ދުވަސްފަހުން ހަތަރު ކުއްޖަކު ސަލަމާވެއްޖެ
ވެއްޓުނު ފްލައިޓަކުން މަހަކަށް ވުރެ ގިނަ ދުވަސްފަހުން ހަތަރު ކުއްޖަކު ސަލަމާވެއްޖެ
ކޮލަމްބިއާގެ ޖަންގަލީތަކުގެ މަތިން ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު މަތިންދާބޯޓަކުން، ފަސް ހަފުތާއަށްވުރެ ގިނަ ދުވަސް ފަހުން ހަތަރު ކުއްޖަކު ދިރިތިއްބާ ފެނިފައިވާ ކަމަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ. އެ ކުދިން ސަލާމަތްކޮށްފައިވަނީ ކަކުއެޓާ އާއި ގުއާއާއާ ޕްރޮވިންސްގެ ބޯޑަރު ކައިރިން މިދިޔަ ހުކުރު ދުވަހު އެ ގައުމުގެ އަސްކަރިއްޔާއިންނެވެ. އަރަރަކުއާރާއިން ހަތް މީހުން ގޮވައިގެން ކޮލަމްބިއާގެ ސެން ހޯސޭ ޑެލް ގުއާވިއާއަށް ދަތުރުކުރަމުން ދިޔަ ސެސްނާ 206 މަރުކާގެ މަތިންދާ ބޯޓު ވެއްޓުނީ އިންޖީނު ހުއްޓިގެން މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އެ އެކްސިޑެންޓުގައި ޕައިލެޓާއެކު އިތުރު ތިން މީހުން މަރުވިއެވެ. އެކްސިޑެންޓުގައި ސަލާމާތްވީ އުމުރުން 13 އަހަރާއި 9 އަހަރާއި 4 އަހަރުގެ އިތުރުން 12 މަހުގެ ތުއްތު ކުއްޖެކެވެ. ސަލާމާތްވި ތިން ކުދިންގެ ދައްތަ ނަރްސީޒޯ މުކުޓޫއީ ވަނީ އެ ކުދިން ސަލާމަތްކުރި ހަބަރު ލިބުމުން އުފާފާޅުކޮށްފައެވެ. އެ ކުދިން ސަލާމަތްވި ގޮތާއި އެ ކުދިން ފެނުނު ހާލަތުގެ ސީދާ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެއްގެ ދައްތަ ނަރްސީޒޯ މުކުޓޫއީ ވަނީ އެ މީހުން ސަލާމަތްކުރި ޚަބަރު ލިބުމުން އުފާފާޅުކޮށްފަ އެވެ. އޭނާގެ އުފާވެރިކަން ނޫސްވެރިންނާ ހިއްސާކުރަމުން އޭނާ ބުނީ ޔާރީ ޖަންގަލީގައި ގެއްލުނު އޭނާގެ ދައްތަމެން ދިރިތިއްބާ ފެނުމުން އުފާކުރާ ކަމަށެވެ. އެ ކުދިންނަކީ ހުއިޓޯޓޯ ކޮމިއުނިޓީއަށް ނިސްބަތްވާ ކުދިންނެވެ. ރައީސް ގުސްތާވޯ ޕެޓްރޯ އާއި އެހެން ބައެއް ބޭފުޅުން ވެސް ވަނީ އެ ކުދިން ފެނުމަކީ ހަގީގަތުގައި ވެސް މުޅި ގައުމަށް ލިބުނު ޖާދުވީ އަދި އުފާވެރި ވަގުތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ