ނަޝީދުގެ ކެމްޕެއިން ސްޕީޗްތަކުގައި މިހާރު މަދުވަނީ "އިންޑިއާ އައުޓް" އެކަނި

ނަޝީދުގެ ކެމްޕެއިން ސްޕީޗްތަކުގައި މިހާރު މަދުވަނީ "އިންޑިއާ އައުޓް" އެކަނި
ލިޔުން:
އެމްޑީޕީގެ ތާރީޚުގައިވެސް މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އަދި ފޯރިގަދަ ރިޔާސީ ޕްރައިމަރީ މިވަނީ ކުޑަތަންވެފައެވެ. މިމަހުގެ 28 ވަނަ ދުވަހަށް ތާވަލް ކުރެވިފައިވާ މި އިންތިހާބު މިހާ ފޯރިގަދަ އަދި ވާދަވެރި އިންތިހާބަކަށް ވެފައިމިވަނީ ޕާޓީގެ ރައީސް ނަޝީދާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވާދަކުރައްވާތީއެވެ.
މީގެކުރިން އެމްޑީޕީގެ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭއްވި ޕްރައިމަރީ ފިޔަވައި އެހެން އެއްވެސް ޕްރައިމަރީއެއްގައި ކުރީގެ ރައީސް ނަޝީދު ފިޔަވާ އިތުރު މީހަކު ވާދަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެހެން އިންތިހާބުތަކާ ޚިލާފަށް މި އިންތިހާބު މިހާ ފޯރިގަދަވެފައިމިވަނީ މިހާތަނަށް ފެންނަ ނުފެންނަ ވޯޓްތަށް ކާމިޔާބު ކުރަމުން ވަޑައިގެންނެވި ނަޝީދަށް މިހާރުގެ ރައީސް އަދި ޕާޓީގެ އިސް ލީޑަރާ ވާދަކުރަން ޖެހުމުންނެވެ.
ކޮންމެއަކަސް އިންތިހާބީފޯރި ގަދަވެ ދެފަރާތުގެ ބަހުގެ ހަމަލާތަށް ވަރުގަދަވެފައިވާ މިދަނޑިވަޅުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ ސަރުކާރަށް ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކޮށް ރައީސް ނަޝީދު ދައްކަވާ ވާހަކަތަކެވެ. އެގޮތުން ސަރުކާރަށް ނުވެހުރި ކަންތައްތަކާއި ލަސްވާ ކަންތައްތަކުގެ ވާހަކަ ކޮންމެ އެއްވުމެއްގައި ދައްކަވައެވެ.
އެންމެފަހު މާލޭގައި، ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ނަޝީދު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އެންމެ ކުދިކުދި ކަންތަކުން ފެށިގެން އެމަނިކުފާނު އަބަދު ތައުރީފުކުރާ އިންޑިއާގެ ކުންފުނިތަކާ ހަވާލުކުރެވިފައިވާ ބޮޑެތި މަޝްރޫއު ތަކަށް ވެސް ވަނީ ފާޑުކިޔާފައެވެ. އެގޮތުން އޮލިމްޕަސް ނުހުޅުވުމާއި އަމީނީމަގު ނުނިމުމާއި ބްރިޖްގެ މަސައްކަތް ވެސް އަންނަނީ އަންނަނީ ކަމަށްވިދާޅުވެ ޖޯކުޖެއްސެވިއެވެ. އަދި މީގެ އިތުރުން ޕީޕީއެމްގެ އެއްވުންތަކުން އިވޭ ހުރިހާ އަޑެއް އެރޭގެ އެއްވުމުން ނަޝީދުގެ އަނގައިން ވަނީ އިވިގެން ގޮސްފައެެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ ޖަލްސާތަކުން އަޑުއިވޭ "އިންޑިއާ އައުޓް" އޭ ވިދާޅުވާކަށް ނުކެރުނެވެ. ނަމަވެސް އެހެން ސީދާ ނުބުނި ނަމަވެސް އެހެން ވެސް އަދި ނުބުނާނެއޭ ބުނަން ދައްޗެވެ. ކުރިއަށްހުރި ބައްދަލުވުންތަކުގައި އެފަދަ އަޑެއް އިވުމަކީވެސް މިހާރުފެންނަ މަންޒަރުތަކަށް ބަލާއިރު ހަމަ އެކަށީގެންވާ ކަމެކެވެ.
ކޮންމެއަކަސް މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ބޭއްވި ބައްދަލުވުމގައިވެސް އެމަނިކުފާނު ސަޕޯޓަރުންނަށް ވިދާޅުވެފައިވަނީ ވާދަވެރި ކެންޑިޑޭޓަށް ޒާތި ނުވުމަށެވެ. އަދި ދަތި އުނދަގޫ ހާލަތްތަކުގައި އިންތިހާބުތަށް ކާމިޔާބުކުރަން އެނގިވަޑައިގަންނަވާ ކަމށާއި އެކަން މީގެ ކުރިން ކިތައްމެފަހަރަކު ކުރައްވާފައިވާނެކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވާހަކަތަށް އިދިކޮޅު ޕީޕީއެމްގެ ވާހަކަތަކާ އެއްގޮތްވެ ސަރުކާރާ ރައީސް ސޯލިހުގެ އެއްވެސް މަސައްކަތެއް ކަމުނުދާކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަށް "އިންޑިއާ އައުޓް" އިތުރު ވުމަކީ ވެސް ނުވާނެކަމެއްކަމަށް ދަންނަވަން މިހާރު ދައްޗެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
