ކުދިރަށްތަކުގެ ތަރައްގީއަށް ވުރެ މުހިއްމީ ނިޒާމު ބަަދަލުކުރުން؟

ކުދިރަށްތަކުގެ ތަރައްގީއަށް ވުރެ މުހިއްމީ ނިޒާމު ބަަދަލުކުރުން؟
ލިޔުން:
ކުޑަރަށެއް، ބޮޑުރަށެއް ބަލައިނުލައި މަސައްކަތްކުރާނަމޭ ބުނުން، އަޅުގަނޑަށް އެ[ކަން] ފެންނަނީ އެއެއް މިއެއް ބަލައިނުލައި އުޅެގަންނާނަމޭ ބުނާ ގޮތަށް ބުނެވޭ ކަމެއްގެ ގޮތުގައި،" މިއީ އާބާދީއަށް ނުބަލައި ރަށްތަކަށް ހިދުމަތްދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާ ގޮތެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ސަޕޯޓަރުންނާ ބައްދަލުކުރެއްވި އިރު ބޯހިޔާވަހިކަމާ ބެހޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް، އާބާދީއަށް ނުބަލައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތާ ސާފުކޮށް ދެކޮޅު ހައްދަވަމުން އެމަނިކުފާނު މިސާލަކަށް ނެންގެވީ ގާތްގަނޑަކަށް 400 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާ އެވެ.
"އެމެރިކާގައި 90 ޕަސެންޓް މީހުނަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބެނީ. ދިވެހިރާއްޖޭގައި 90 ޕަސެންޓް މީހުނަށް އެ ހިދުމަތް ދެވޭ އަޅުގަނޑު ހަނދާންވާ ގޮތުގައި 47 ރަށުގައި އެކަން ކުރީމާ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ކުދި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ދައުލަތުން ކުރަން ޖެހޭ ހޭދަ ބޮޑުކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ 60 މީހުން އުޅޭ ރަށެއްގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމު އަޅަން 60 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަ ދެއްކެވުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކީ އިރު އެ މަސައްކަތުގެ ބަދަލުގައި ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް ރައްޔިތުންނަށް ސީދާ ގޮތުން ފައިދާ ވާނެ އެހެން ކަމެއްގެ ވާހަކަ އެވެ. އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ވާހަކަ އެވެ.
"އަޅުގަނޑަށް ފެންނަނީ އެފައިސާ، މީހުން ގިނަ ރަށްރަށުގެ ބޯހިޔާވަހިކަމަށް އަދި އާމްދަނީ ލިބޭ އިތުރު މަޝްރޫއުތަކަށް ހަރަދުކުރަމުން ދިއުމަށް،" ނަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
