މަޖިލީހުގެ ހާޒިރީ ދަށް، ބަޖެޓް ރިޕޯޓަށް ބަހުސްކުރާނެ މެމްބަރަކު ނެތް

މަޖިލީހުގެ ހާޒިރީ ދަށް، ބަޖެޓް ރިޕޯޓަށް ބަހުސްކުރާނެ މެމްބަރަކު ނެތް
ލިޔުން:
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާއާއި މިއަދު ކުރިއަށްދާ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން، ބަޖެޓް ރިޕޯޓަށް ބަހުސްކުރާނެ މެމްބަރުން ނެތި، އެ ރިޕޯޓްގެ ބަހުސް މަޑުޖައްސައިލަން ޖެހިއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަަވައިލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެ އެވެ. އެ ރިޕޯޓަށް އިއްޔެ ބައެއް މަދު މެމްބަރުން ބަހުސް ކުރެއްވި ނަމަވެސް އިއްޔެގެ ޖަލްސާ އިއްޔެ މެންދުރު 12:00 ހާއިރު ނިންމައިލަން ޖެހުނީ ބަހުސްކުރައްވާނެ އިތުރު މެމްބަރުން ނުވެގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެ ރިޕޯޓަށް ބަހުސްކުރަން ހުޅުވައިލި ފުރުސަތުގެ ބޭނުން ކުރެއްވީ މަދު މެމްބަރުން ކޮޅެކެވެ. ބަޖެޓް ރިޕޯޓަށް ބަަހުސްކުރެއްވުމަށް ޓަކައި މަޖިލީހުގެ ކޮންމެ މެމްބަރަކަށް ހަތް މިނެޓްގެ ވަގުތު ދޭން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ނިންމަވައިފަ އެވެ. އެ ފުރުސަތަށް އެދިވަޑައިގެންނެވުމަށް މެމްބަރުންނަަށް ދެއްވި މުހުލަތު ހަމަވާނީ މިއަދު މެންދުރުފަހު 2:00 ގަ އެވެ.
ބަޖެޓް ރިޕޯޓަށް ބަހުސްކުރަން މަދު މެމްބަރުން އެދިވަޑައިގެންނެވި އިރު، މި ދެދުވަހު މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ ވެސް ވަރަށް ދަށެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާ ފެށި އިރު ހާޒިރުވެވަޑަައިގެން ތިއްބެވީ އެންމެ 30 މެމްބަރުންނެވެ. މިއަދުގެ ޖަލްސާ ފެށި އިރު ވަޑައިގެން ތިއްބެވީ އެންމެ 28 މެމްބަރުންނެވެ. މަޖިލީހުގެ މެމަބަރުންގެ ޖުމްލަ އަދަދަކީ 87 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
