މާލެ: 31°C

މޫސުމަށް އަންނަ ބަދަލުގެ ގެއްލުމަށް ބަދަލުދޭން ގައުމުތަކުން އެއްބަސްވެއްޖެ

November 20, 2022
72 ފަހަރު ބަލާފައި
މޫސުމަށް އަންނަ ބަދަލުގެ ގެއްލުމަށް ބަދަލުދޭން ގައުމުތަކުން އެއްބަސްވެއްޖެ
މޫސުމަށް އަންނަ ބަދަލުގެ ގެއްލުމަށް ބަދަލުދޭން ގައުމުތަކުން އެއްބަސްވެއްޖެ
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަގީރު ގައުމުތަކަށް ލިބޭ ގެއްލުމުގެ ބަދަލު މުއްސަނދި ގައުމުތަކުން ދިނުމަށް ޓަކައި ފަންޑެއް އެކުލަވައިލަން ކޮޕް 27 ސަމިޓްގައި މިއަދު ފާސްކޮށްފި އެވެ. ރޭ ވަރަށް ދަންވަންދެން ކުރި ހޫނު ބަހުސްތަކަކަށް ފަހު ކޮޕް 27 ސަމިޓްގެ ރިޔާސަތުން  މިއަދު ނެރުނީ ޖުމްލަ ގޮތެއްގައި ފަންޑާ މެދު ގައުމުތަކުން އެއްބަސްވާ އެއްބަސްވުމެއްގެ ދެލިކޮޕީއެކެވެ. އެ ކަރުދާސް ރަސްމީ އެއްބަސްވުމަކަށް ބަދަލުކުރުމަށް ޓަކައި ކުރަން ޖެހޭ މަޝްވަރާތަކަށް ޕްލެނަރީ ސެޝަނެއް ބާއްވައި، ފަންޑު އުފައްދަން ގައުމުތަކުން އެއްބަސްވީ އެ ސެޝަނުގަ އެވެ. މިސްރުގެ ޝަރުމުއް ޝައިހު ރިސޯޓުގައި ކުރިއަށްދާ ކޮޕް 27 ސަމިޓްގެ ރިޔާސަތު ބަލަހައްޓަނީ މިސްރުންނެވެ. މިއަދު އެކުލަވައިލި އެ އެއްބަސްވުމުގައިވާ ގޮތުން ގެއްލުމުގެ ބަދަލުދޭ ފަންޑުން،  ފަގީރު ގައުމުތަކަށް އެހީވާނީ ތޫފާންތަކާއި ފެންބޮޑުވުން ފަދަ މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށެވެ. އެހެން ނަމަވެސް އެފަދަ ފަންޑެއް ގާއިމްކުރުމަށް ޓަކައި ކުރަން ޖެހޭ މުހިއްމު ބައެއް ކަންތައްތައް އެ އެއްބަސްވުމުގައި ނުހިމައި ދޫކޮށްލީ އިތުރު މަޝްވަރާއަށެވެ. ފަންޑަށް ފައިސާ ހޯދާނެ ގޮތް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެހެން ނަމަވެސް މިއީ އެފަދަ ފަންޑެއް ގާއިމްކުރަން ވަރަށް ކުރިން ފެށިގެން ވަކާލާތު ކުރަމުން އައި ފަގީރު ގައުމުތަކަށް ލިބުނު ބޮޑު ކާމިޔާމީ އެކެވެ. އެފަދަ ފަންޑެއް ގާއިމްކުރަން ފަގީރު ގައުމުތަކުން ގޮވައިލަމުން އައީ މޫސުަމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބެނީ އެގައުމުތަކަށް ކަމަށް ވާތީ އެވެ. (އަލްޖަޒީރާ)  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ