ހަނދާންނެތިގެން ހިނައިނުގަނެ ނަމާދުކުރެއްވިޖެނަމަ، އެ ނަމާދު އަލުން ކުރަންޖެހޭނެތަ

ހަނދާންނެތިގެން ހިނައިނުގަނެ ނަމާދުކުރެއްވިޖެނަމަ، އެ ނަމާދު އަލުން ކުރަންޖެހޭނެތަ
ލިޔުން:
ހެނދުނު ނިދިފައި އޮއްވާ ހުވަފެނެއްފެނި އެދުން ފުދިއްޖެއެވެ. ހިނައިގަންނަން ހަނދާނެއް ނެތެވެ. ހިނައިނުގަނެވޭކަން ހަނދާންވީ އެދުވަހުގެ ހުރިހާ ނަމާދެއް ކުރިފަހުންނެވެ؟ އެހުރިހާ ނަމާދުތައް ޤަޟާކުރަން ޖެހޭނެތޯއެވެ؟
ޖަވާބު: الحَمْدُ للهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللهِ.
ހޭލާހުއްޓައި ނުވަތަ ނިދީގައި (އެދުންވެރިކަމާއެކު) އަންހެނަކުވެސް ފިރިހެނަކުވެސް މަނިބޭރުވެއްޖެނަމަ އޭނާ ހިނައިގަތުން ވާޖިބުވާނެއެވެ. އެއީ އަންނަނިވި ދަލީލުގެ ސަބަބުންނެވެ.
( وَإِن كُنتُمْ جُنُبًا فَاطَّهَّرُوا) الـمائدة/6
އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ. (ހިނައިގަންނާށެވެ!)
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘް ބަސްފުޅަކީވެސް އެކަމުގެ ދަލީލެކެވެ. (( لاَيَقْبَلُ اللهُ صَلاَةً بِغَيْرِ طُهُورٍ وَلاَ صَدَقَةً مِنْ غُلُولٍ)) [رواه مسلم برقم224] މާނައީ: “ޠަހާރަތު ނެތި ކުރާނަމާދެއް ﷲ ޤަބޫލުނުކުރައްވައެވެ. އަދި ޚިޔާނަތުން ހޯދާފައިވާ މުދަލުން ކުރާ ޞަދަޤާތެއްވެސް މެއެވެ.”
ދެ ޙަދަޘުން ޠާހިރުވެގެންވުމަކީ ނަމާދު ޞައްޙަވުމުގެ ޝަރްޠެކެވެ. އެ ނަމާދުތައް ކުރެވިފައިއެވަނީ ދެ ޙަދަޘުން ޠާހިރުނުވެވި ކަމަށްވާތީ އެ ނަމާދުތައް ޞައްޙައެއް ނުވާނެއެވެ. ތިބާގެ މައްޗަށްވަނީ އެ ނަމާދުތައް ޤަޟާކުރުމެވެ. ހަނދާންނެތިގެން ހިނައިނުގަނެވުނު ނަމަވެސް މެއެވެ.
އިމާމު އައްނަވަނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޙަދަޘްވެރިވެފައިވާ މީހާގެ މައްޗަށް ނަމާދުކުރުން ޙަރާމްކަމުގެ މައްޗަށް މުސްލިމުން އިޖްމާޢުވެފައިވެއެވެ. އަދި އެފަދަ މީހަކު އޭނާ ޙަދަޘްވެރިވެފައިވާކަން އެނގިހުރެ ނުވަތަ ނޭނގިހުރެ ނުވަތަ ހަނދާންނެތިގެން ނަމާދުކުރިކަމުގައިވިޔަސް އެ ނަމާދު ޞައްޙަނުވާނޭ ކަމުގެ މައްޗަށް މުސްލިމުން އިޖްމާޢުވެފައިވެއެވެ. އޭނާ ޙަދަޘްވެރިވިކަން ނޭނގިހުރެ، ނުވަތަ ހަނދާންނެތި ނަމާދުކުރިނަމަ، ޠަހާރަތު ނެތި ނަމާދުކުރުމުގެ ފާފަ އޭނާއަށް ނުލިބޭނެއެވެ. އަދި އޭނާ ޙަދަޘްވެރިވެފައިވާކަން އެނގިހުރެ، އެފަދަ ޙާލަތުގައި ނަމާދުކުރުން ޙަރާމްކަން އެނގިހުރެ ނަމާދުކޮށްފިނަމަ، ފަހެ އޭނާ އެކުރީ ބޮޑުވެގެންވާ ފާފައެކެވެ.” المجموع (2/78) :
ޚުލާޞާ: ތިބާއަށް އެނަމާދުތައް ކުރެވިފައިވަނީ ހަނދާންނެތިގެން ކަމަށްވާތީ އެކަމުގައި ތިބާގެ މައްޗަށް ފާފައެއް ނެތެވެ. ޙަދަޘުން ޠާހިރުނުވެވި ނަމާދުތައް ކޮށްފައިވާތީ އެ ނަމާދުތައް ޞައްޙައެއް ނުވާނެއެވެ. ހިނައިގަނެގެން އެ ނަމާދުތައް ޤަޟާކޮށްލާށެވެ.
وَاللهُ أَعْلَمُ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
