މާލެ: 31°C

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟

January 25, 2025
1922 ފަހަރު ބަލާފައި
ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ހިނގުމަކީ ދިރިއުޅުމުގައި ތިމާ  ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ދެމިހުރުމަށް ފަސޭހަކޮށްދެނިވި ކަމެކެވެ. ބަރުދަން ލުއިކުރުމަށް ތަފާތު ގިނަ ކަސްރަތުތައް ހުންނައިރު ހިނގުމަކީ އެންމެ ފަސޭހަ އަދި އެންމެ ޚަރަދުކުޑަ އެއްގޮތެވެ.

ހިނގުމަކީ ތިމާގެ ހަށިގަނޑާއި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވާއިރު ތިމާގެ ހިނގުމުގެ އާދަތައް ބައްޓަންކުރާ ގޮތާއި އެކަމުން ލިބޭ ފައިދާތައް ވަނީ ގުޅިލާމެހިފައެވެ.

އެގޮތުން ބަރުދަން ލުއިކުރުމަށް ހިނގާނަމަ ދެނެގަންނަންޖެހެނީ ހިނގަންވީ ބާރަށްތޯ ނުވަތަ ހިނގަންވީ ގިނައިރުތޯ އެވެ.  

ބާރަށް ހިނގުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދީ، މެޓަބޮލިޒަމް ބޫސްޓް ކޮށްދީ މަސްތަކުގައި ވަރުޖައްސައިދޭ ކަމެކެވެ.އަދި ގިނައިރު ހިނގުމަކީ ހިތާއި ފުއްޕާމޭގެ މަސައްކަތްތަކަށް ރަނގަޅުކޮށްދީ، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކޮށްދީ، ކްލޮސްޓްރޯލް ލެވެލް ރަނގަޅުކޮށްދޭ ކަމެކެވެ.

އެހެންކަމުން ބަރުދަން ލުއިކުރުމަށް ހިނގުން އިޚްތިޔާރުކުރާނަމަ ކަންކުރަންޖެހޭ ގޮތަކީ ރަނގަޅު ޑައެޓަކާއެކު ގިނައިރު ބާރަށް ހިނގުމެވެ.

ޑަބްލިޔު.އެޗް.އޯ އަދި އެމެރިކަން ހާޓް އެސޯސިއޭޝަނުން ލަފާދެނީ ކޮންމެ ހަފްތާއަކުވެސް 150 މިނިޓަށް މެދު މިނެއްގައި ކަސްރަތު ކުރުމަށެވެ. އެގޮތުން ދުވާލަކު 30 މިނިޓަށް ހަފްތާއަކު 5 ދުވަހު ކަސްރަތު ކުރުމަކީ މީހާ ދުޅަހެޅޮ ސިއްޙަތެއްގައި ދެމި ހުރުމަށް މުހިންމުކަމެއްކެމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ