މާލެ: 31°C
ސުންނާފަތިކުރި ފަލަސްތީނުގެ އިންފްރާސްޓްރަކްޗާ އާއި ގެއްލުންލިބުނު ފަލަސްތީނު ރައްޔިތުންނަށް އިސްރާއިލުން ބަދަލުދޭންޖެހޭނެ: ރައީސް ޑރ.މުއިއްޒު

ސުންނާފަތިކުރި ފަލަސްތީނުގެ އިންފްރާސްޓްރަކްޗާ އާއި ގެއްލުންލިބުނު ފަލަސްތީނު ރައްޔިތުންނަށް އިސްރާއިލުން ބަދަލުދޭންޖެހޭނެ: ރައީސް ޑރ.މުއިއްޒު

16 ޖަނަވަރީ 2025
104 ފަހަރު ބަލާފައި
ސުންނާފަތިކުރި ފަލަސްތީނުގެ އިންފްރާސްޓްރަކްޗާ އާއި ގެއްލުންލިބުނު ފަލަސްތީނު ރައްޔިތުންނަށް އިސްރާއިލުން ބަދަލުދޭންޖެހޭނެ: ރައީސް ޑރ.މުއިއްޒު
އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ. ޣައްޒާއަށްދޭ ހަމަލާތައް އިސްރާއިލުން ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނުގެ ޝުޢޫރުފާޅުކުރައްވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށާއި، އަދި އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ބިނާރު، އަލުން އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީ އިސްރާއީލުން ފަލަޞްޠީނަށް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ޣައްޒާއަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމަން މެދުވެރި ވެދިން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވައި، އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާކަމަށާއި، ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށާއި، ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އިންސާނީ އެހީ އަށް ފުރުޞަތު ދިނުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ